ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުމުގެ ތުހުމަތުގައި ހައްޔަރުކުރި ނެދަލޭންޑްސް މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން 30 ދުވަސް ޖަހައިފިއެވެ.
ބްރިޓެނީ އަޑޯފޯ ބޮއާފޯ ނަމަކަށްކިޔާ އެ މީހާއަކީ މާބަނޑު މީހެކެވެ. އޭނާ ހައްޔަރުކުރީ އޭނާގެ ލަގެޖުން މަސްތުވާތަކެތިކަމަށް ބެލެވޭ 5 ކިލޯގެ ތަކެތި ފެނުމުންނެވެ. އެ މައްސަލާގައި ހުކުރު ދުވަހު ބޭއްވި ކޯޓު އަޑުއެހުމުގެ އަމުރުގައި ވަނީ ބަންދަށް 30 ދުވަސް ޖަހާފައެވެ.
ކޯޓުގައި އަންހެން މީހާގެ ވަކީލު ބުނެފައިވަނީ ކޮންޓްރޯލް ޑެލިވަރީއަށް ފުލުހުން އެދުނު ނަމަވެސް އެކަމަށް އެއްބާރުލުން ނުދެވުނީ އެއީ ކޮންކަމެއްކަން ނޭނގޭތީ ކަމަށާއި ލަގެޖު ފޮށި ބަދަލުކޮށްފައިވާ ކަމަށެވެ. އެހެންބުނެ އޭނާވަނީ ދައުވާއަށް އިންކާރުކޮށްފައެވެ.
އަދި އޭނާއަކީ މާބަނޑު މީހެއްކަމުން ތަހުގީގު އަވަސްކޮށްދިނުމަށް ވަކީލު ވަނީ އެދިފައެވެ.
އޭނާއަކީ މާބަނޑު މީހެއްކަމުން ކޯޓުން ވެސް ވަނީ، އޭނާގެ ކަންކަން ގާތުން ބަލަން ފުލުހުންގެ އިންވެސްޓިގޭޝަން އޮފިސަރު (އައިއޯ) އަށް އަންގާފައެވެ.
މި މައްސަލައިގައި މާބަނޑު މީހާ ކުށްކުރި ކަމަށް ތުހުމަތު ކުރެވޭ މިންވަރަށް ހެކި ހުށަހަޅާފައިވާ ކަމަށް އަމުރުގައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު