ޤައުމީ ދުވަހުގެ ގޮތުގައި ވަކި ދުވަހެއް ކަނޑައަޅައިގެން ފާހަގަކުރަމުން އަންނަ ސަބަބާއި އޭގެ މަޤްޞަދު ވަނީ ވަރަށް ބޮޑަށް އޮޅިފައެވެ. ޝައްކެތްނެތް ގޮތުގައި އެ ދުވަސް ފާހަގަކުރުމަށްޓަކައި ދުވަހެއް ކަމަށް ކަނޑައަޅާފައިވާ ދުވަހަކީ ޤައުމީ ބަޠަލު އަލްޣާޒީ މުޙައްމަދު ބޮޑުތަކުރުފާނު އިސްތިއުމާރީ ޕޯޗުގީޒުންގެ ފުށުން ރާއްޖެ މިނިވަންކުރައްވައި ދިވެހިރާއްޖޭގައި އަލުން ދިވެހީންގެ އަމިއްލަ ވެރިކަމެއް ގާއިމުކުރެއްވި ދުވަހެވެ. އެހެންނަމަވެސް އެ ދުވަސް ފާހަގަކުރުމުގެ މަޤްޞަދަކީ އެއްވެސް ޙާލެއްގައި ހަމައެކަނި ބޮޑުތަކުރުފާނުގެ ޖިހާދުގެ ޛިކުރާ އާކުރުމެއް ނޫނެވެ. ޤައުމެއްގެ ގޮތުގައި މިއަދާ ހަމައަށް ދިވެހިރާއްޖެ ގެނެސްދެއްވި އެންމެހާ އަބްޠާލުންގެ ޛިކުރާ އާކުރުމެވެ. އެ އެންމެންނަށް ޙައްޤު ޝުކުރުއަދާކުރުމެވެ. އެއާއެކު ޤައުމީ ލޯބި އަށަގަންނުވައި ޤައުމީ ރޫޙް ދިރުވައި އާލާކުރުމެވެ. ތިރީގައި މި ޙިއްޞާކޮށްލަނީ ދިވެހިރާއްޖޭގައި ފުރަތަަމަ ފަހަރަށް ފާހަގަކުރި ޤައުމީ ދުވަހާ ގުޅިގެން ސަރުކާރުގެ ޚަބަރުގައި ފާޠިމަތު ޢަބްދުލްވައްޙާބް ލިޔުއްވާފައިވާ މަޟްމޫނަކުން ބައެކެވެ. ދިވެހިރާއްޖޭގައި ޤައުމީ ދުވަހެއް ފުރަތަމަ ފަހަރަށް ފާހަގަކުރީ 1 ރަބީޢުލްއައްވަލް 1365 ގައެވެ. އެއީ މީލާދީން 3 ފެބްރުއަރީ 1946 އެވެ. ފާޠިމަތު ޢަބްދުލްވައްޙާބްގެ މި ލިޔުމުން ޤައުމީ ދުވަސް ފާހަގަކުރަން ފެށި ސަބަބާއި މަޤްޞަދު ވަރަށް ރަނގަޅަށް ހާމަވެގެންދާނެއެވެ. ދެން އެ މަޟްމޫނު ވިދާޅުވާށެވެެ.
ދުނިޔޭގައި ތަމައްދުންވެފައިވާ ކޮންމެ ޤައުމެއްގައިމެ، ވަކި ޚާއްޞަ ޤައުމީ ދުވަހެއް ވެއެވެ. އެދުވަކީ، އެޤައުމަކަށް ލިބިފައިވާނަމަ ވާހައި ނިޢުމަތަކަށްޓަކައި ޙަމްދާއި ޝުކުރު ތަޢުރީފާއި މުބާރަކުބާދީ އަދާކުރުމުގެ ދުވަހެވެ. އެބައިމީހުންގެ ހިތްތަކުގައި ޙުއްބުލްވަޠަންގެ އަގުމާތް ރޫޙް ދިރުވައި، ޤައުމީ އެކުވެރިކަން ހިތުގައި އަށަގެންނެވުމުގެ ވަރުގަދަ ބިންގާ އަޅާންވީ ދުވަހެވެ. ޤައުމުގައި އުހެދުނު އެކިއެކި މާތް މީހުން، އެބައިމީހުން ޤައުމަށް އަދާކުޅަ މަތިވެރި ވާޖިބަށްޓަކައި، އަދާކުރާ ޝުކުރެއްގެ ގޮތުން އެބައިމީހުންގެ ހަނދާންތައް އައުކުރާ ދުވަހެވެ. އެބައިމީހުން އުޅުނު، މާތް ހަރުދަނާ ދިރިއުޅުންތަކަށް، ފިސާރި ރަނގަޅަށް ވިސްނައި، ތިމާމެންގެ ދިރިއުޅުން ވެސް، އެގޮތުގެ މަތީން އިޞްލާޙްކުރެވޭތޯ ބަލާންފަށައިގަތުމުގެ ދުވަހެވެ. ޤައުމުގެ މުސްތަޤްބަލަށްޓަކައި މަތިވެރި ޢަޒުމްތައް ކަނޑައެޅުމުގެ ދުވަހެވެ. މިހާތަނާ ޖެހޭންދެން، އަޅުގަނޑުމެންގެ މެދުގައި ޤައުމީ ދުވަހެއް ނެތްކަމުގައި ވިޔަސް، މިހާރު، އަޅުގަނޑުމެންގެ މިކުޑަކުޑަ ޤައުމުގެ މެދުގައިވެސް ޤައުމީ ދުވަހެއް އުފެދިއްޖެއެވެ. އެދުވަހަކީ އަޅުގަނޑުމެން އެކަކަށްވެސް ވަންހަނާވެގެންނުވާނޭ ފަދައިން، ރަބީޢުލްއައްވަލް މަހުގެ އެއްވަނަ ދުވަހެވެ. އެދުވަހަކީ، ބޮޑުތަކުރުފާނު ރާއްޖެ ސަލާމަތްކުރެއްވި ދުވަހެވެ. ޤައުމީ ދުވަހޭ ބުނުމުން، އަޅުގަނޑުމެންގެ ހިތަށް ވަންނަނީ، ހަމައެކަނި ބޮޑުތަކުރުފާނުން، ރާއްޖެ ސަލާމަތްކުރެއްވި ދުވަސްތޯއެވެ؟ ބޮޑުތަކުރުފާނުން ރާއްޖެ ސަލާމަތްކުރެއްވި ދުވަސް، ޤައުމީ ދުވަސް ކަމުގައި ހިމެނިފައި ވަނީ، އެއް ނަޡަރަށްވުރެ ގިނަ ނަޡަރުން، އެއްމާނަޔަށްވުރެ ގިނަމާނާގައެވެ. ޤައުމީ ދުވަހަކީ، ހަމައެކަނި، ބޮޑުތަކުރުފާނުން، ރާއްޖެ ސަލާމަތްކުރެއްވި ދުވަސްކަމުގައި ވަނީނަމަ، ޤައުމީ ދުވަހޭ ކިޔާފައި، ވަކި ޚާއްޞަ ދުވަހެއް އުފެއްދުމުގެ މާކަ ބޮޑު ބޭނުމެއް ނެތެވެ. އެކަމަކު، ބައަކު ޚާއްޞަ ދުވަހެއް އުފައްދާނީ ގައިމުވެސް، ކޮންމެވެސް ބޭނުމެއްގައެވެ. ކޮންމެވެސް މަޤްޞަދެއްގައެވެ. ކޮންމެވެސް ފައިދާއަކަށްޓަކައިކަން ކަށަވަރެވެ. އެހެންކަމުން އަޅުގަނޑުމެންގެ މެދުގައި ވެސް، ޤައުމީ ދުވަހެއް އުފެއްދިކަމުގެ ކޮންމެވެސް ބޭނުމެއް އޮންނާނެއެވެ. ކޮންމެވެސް ފައިދާއެއް ޙާޞިލްވާނެއެވެ. ކޮންމެވެސް....
އާދޭހެވެ! ޤައުމީ ދުވަހެއް އުފެއްދުމުގެ ބޭނުމަކީ، އެދުވަސް އުފެއްދިކަމުގެ ސަބަބުން، އަޅުގަނޑުމެންގެ ހިތްތަކުގައި ޤައުމީ ރޫޙް އައުކުރުމެވެ. އަޅުގަނޑުމެންނީ، ޙުއްބުލްވަޠަންގެ އަގުމާތް ރޫޙުން ޒީނަތްތެރިވެގެންވާ، ތެދުވެރި ދިވެހީންކަމުގައިވޭތޯ ބެލުމެވެ. އަޅުގަނޑުމެންގެ މިކުޑަކުޑަ ޤައުމަކީވެސް، ފިސާރި ވަރުގަދަ، ހަރުދަނާ ޤައުމީ ރޫޙެއްގެ، ޤައުމީ އެކުވެރިކަމެއްގެ ވަރުގަދަ ހިލިހިލާއިން ކަސްތަޅުއެޅިފައިވާ ޤައުމަކަށްވޭތޯ ބެލުމެވެ.
އަޅުގަނޑުގެ ނަޡަރުގައި، އަދި އަޅުގަނޑު ޔަޤީންކުރާ ގޮތުގައި ޤައުމީ ދުވަހުގެ އެންމެ އިސް ވާޖިބަކީ، އަޅުގަނޑުމެންގެ ދިވެހި ޤައުމު، އަދިއަދަށް ދާންދެންވެސް މާތް އިސްލާމް ދީނާއި، މިނިވަންކަންމަތީގައި ދެމެހެއްޓެވިކަމަށްޓަކައި، ޝުކުރުކުޅައުން ޙައްޤުވެގެންވާ ފަރާތަށް ޙަމްދާއި ޝުކުރުދެންނެވުމެވެ. މިފަދަ ބޮޑު ދެ ނިޢުމަތް އަޅުގަނޑުމެންނާއި ހަމަޔަށް ވާރުތަކުޅަ، މާތް ދިވެހީންނަށް ތަޢުރީފާއި މުބާރަކްބާދީ އަދާކުރުމެވެ.
"ލިބޭ ނިޢުމަތްތަކާއިމެދަށް ޔާރުނޭވޭ،
ޝުކުރުވާނީ ކުރާށޭދެން ހެޔޮހިތުން.
ތަނަށް ލިބިފައިވާ މިނިވަންކަން މައްޗަށް،
އުފާކުރާށޭ ނިކަން ހެޔޮހިތުން."
އާދޭހެވެ! މާތްﷲގެ ޙަޟްރަތަށް ޙަމްދާއި ޝުުުކުރެވެ. މާތް ކާބަފައިންނަށް ތަޢުރީފާއި މުބާރަކްބާދީއެވެ. އިޚްލާޞްތެރި ޝުކުރިއްޔާއެވެ!

ކިޔުންތެރިންގެ ހިޔާލު