އަހުމަދު ޝާހް   20 އޯގަސްޓު 2025 - 10:54
މަތިވެރީ އެއަރޕޯޓްގެ ބިން ހިއްކަން ފެށުން
މަތިވެރީ އެއަރޕޯޓްގެ ބިން ހިއްކަން ފެށުން
އއ. މަތިވެރީގައި އެއާޕޯޓެއް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

މަތިވެރީގައި އެއާޕޯޓެއް ތަރައްގީކޮށް ހިންގަން ފިނޭންސް މިނިސްޓްރީ އާއި އެމްއޭސީއެލްއާ ދެމެދު އެއްބަސްވުމުގައި ސޮއިކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒު އއ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އިއްޔެ މަތިވެރިއަށް ވަޑައިގެން، ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައެވެ.

އަދި މިއަދު ހެނދުނު އެމްއޭސީއެލުން ވަނީ އެއަރޕޯޓް މަޝްރޫޢަށް ބޭނުންވާ ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް ފަށައިފައެވެ.

މި މަޝްރޫއުގެ ދަށުން މަތިވެރީގައި އަޅާ އެއާޕޯޓް ތަރައްގީކޮށް އޮޕަރޭޓް ކުރާނީ އެމްއޭސީއެލުންނެވެ. އަދި އެއާޕޯޓަށް ބޭނުންވާ ބިން ހިއްކާއިރު މަތިވެރި ރައްޔިތުންނަށް ބޭނުންވާ 26.5 ހެކްޓަރުގެ ބިން ހިއްކުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ރައީސް ޑރ. މުއިއްޒު ރޭ ވަނީ މަތިވެރި އެއާޕޯޓް މަޝްރޫއު ދެ އަހަރާއި ބައިގެ ތެރޭގައި ނިންމައި، ހުޅުވާނެކަމުގެ ޔަގީންކަން މަތިވެރީގެ ރައްޔިތުންނަށް އަރުވައިފައެވެ.



ކިޔުންތެރިންގެ ހިޔާލު