2027 ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ޚިދުމަތް ގާއިމު ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތަސްދީޤު ކުރަށްވައިފިއެވެ.
ރައީސް މިއަދު ތަސްދީޤު ކުރެއްވި މި ޤާނޫނުގެ ދަށުން އެކުލަވާލަންޖެހޭ ގަވާއިދުތަކާއި އުސޫލުތައް، މިއަދުން ފެށިގެން 3 މަސްދުވަހުގެ ތެރޭގައި އެކުލަވާލައި، ޝާއިޢުކުރަން ޖެހެއެވެ. މިއީ މިޤާނޫނަށް ގެނައި 2 ވަނަ އިސްލާޙެވެ.
މި ޤާނޫނުގައި ބުނެފައިވަނީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިިހާ ރަށެއްގައި ލަސްވެގެން 2027 ވަނަ އަހަރު ނިމުމުގެ ކުރިން އެ ރަށަކާ އެކަށޭނަ ފެނާއި ނަރުދަމާގެ ނިޒާމެއް ގާއިމްކޮށް ހިންގޭނެ އިންތިޒާމުތައް ދައުލަތުގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން ހަމަޖައްސަން ޖެހޭނެ ކަމަށެވެ.
މި ޤާނޫނުގައި ފެނާއި ނަރުދަމާގެ ނިޒާމު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ އަމަލެއް ކޮށްފިނަމަ އެއް މިލިއަން ރުފިޔާއަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރުމަށް ވަނީ ހިމަނާފައެވެ. އަދި ބިމުގެ ފެން ފަށަލަ ތަޣައްޔަރުވާފަދަ ކަމެއް ކޮށްފިނަމަ އެއްލައްކަ ރުފިޔާއަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރުމަށްވެސް ކަނޑައަޅާފައިވެއެވެ.
މިސަރުކާރުން އަމާޒު ހިފާފައިވަނީ 2027 ނިމުމުގެ ކުރިން ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމް ގާއިމު ކުރުމަށެވެ.

ކިޔުންތެރިންގެ ހިޔާލު