ފުލުހުންގެ ބަންދުގައި ހުއްޓައި އިއްޔެ ނިޔާވި މީހާގެ ޕޯސްޓްމޯޓަމް ހަދަން ނިންފާއިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.
މީގެ ތިން ދުވަސް ކުރިން މި މަހުގެ 15 ގައި ފުލުހުންގެ ހައްޔަރަށް ގެންދިޔަ ގ. ޒާމިޔާ، އުމުރުން 48 އަހަރުގެ އަހުމަދު އަފްރާހް ނިޔާވެފައިވަނީ އިއްޔެއެވެ.
ފުލުހުން ބުނީ އަފްރާހުގެ ޕޯސްޓްމޯޓަމް ހެދުމަށް ނިންމާފައިވާ ކަމަށެވެ. ނަމަވެސް ޕޯސްޓްމޯޓަމް ހެދުމަށް ފޮނުވާނެ ދުވަހެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
މި ޙާދިސާގެ މަޢުލޫމާތު މީޑިއާތަކަށް ޙިއްސާކުރަމުން ފުލުހުން ބުނެފައިވަނީ، އިއްޔެ ފަތިހު 05:50 ހާއިރު އަފްރާޙުގެ ހާލަތު ބެލިއިރު ހަރަކާތެއް ނެތުމުން، ވަގުތުން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ. ނަމަވެސް ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޭނާ ނިޔާވެފައިވާކަމަށް ހޮސްޕިޓަލާއި ހަވާލާދީ ފުލުހުން ވަނީ ބުނެފައެވެ.
މި ހާދިސާގެ މައުލޫމާތު ހިއުމަށް ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އާއި ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ)އާ މިހާރު ހިއްސާކޮށްފައިވާ ކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.
އޭގެއިތުރުން ފުލުހުން ބުނެފައިވަނީ، އަފްރާހް މަރުވުމާއި ގުޅިގެން އެ މައްސަލަ ފުލުހުންގެ މޭޖާ ކްރައިމް އިންވެސްޓިގޭޝަން ޑިޕާޓްމެންޓުން ތަހުގީގު ކުރަމުންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު