މާލޭގެ ގެއެއްގައި ބަންގްލަދޭޝްގެ މީހަކު ބަންދުކޮށް، އޭނާގެ އާއިލާއަށް ގުޅައި ފައިސާ ހޯދަން މަސައްކަތްކުރި ދެ މީހަކު ހައްޔަރުކޮށް 15 ދުވަހަށް ބަންދުކޮށްފިއެވެ.
ކްރިމިނަލް ކޯޓުން އާންމުކޮށްފައިވާ އެދެމީހުންގެ އަމުރުގައިވަނީ، މި މައްސަލައަކީ މުހައްމަދު ޝަޖަހާން ކިޔާ ބަންގްލަދޭޝް މީހަކު ކިޑްނެޕް ކުރި މައްސަލައެއް ކަމަށެވެ. މި މައްސަލާގައި ހައްޔަރުކުރީ ބަންގްލަދޭޝްގެ ސަދިގުލް މިއާ އާއި މުހައްމަދު އަޒީޒުލްއެވެ.
ކްރިމިނަލް ކޯޓުގެ އަމުރުގައިވާ ގޮތުން މިދިޔަ ހުކުރު ދުވަހުގެ ރޭ ދަންވަރު 12:40 ހާއިރު ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ޝަޖަހާން ކިޑްނެޕްކޮށް، އަނިޔާ ކުރަމުންދާ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޝަޖަހާންގެ ފޯނު ލޮކޭޓްކޮށް ބެލިއިރު އޭނާ އެ ވަގުތު ހުރީ މއ. ރަނައުރާ ގޯޅީގައި ހުރި ތަނެއްގައި ކަމަށެވެ.
އަދި ފުލުހުން އެ ސަރަހައްދުގައި ތިއްބައި، އެ ގޯޅީގައި ހުންނަ އެސް.އައި ގެސްޓްހައުސްއިން ޝަޖަހާން ނުކުތުމުން އޭނާއާ ސުވާލު ކުރުމުން، އަޒީޒުލް އާއި އިތުރު ބަޔަކު އޭނާ ކިޑްނެޕްކޮށް ބިރު ދައްކައި އަނިޔާކުރި ކަމަށް ފުލުހުންނަށް ކިޔައިދީފައިވާ ކަމަށް ކޯޓު އަމުރުގައިވެއެވެ.
އޭނާ ކިޑްނެޕް ކޮށްފައި ހުރި ކޮޓަރިއަށް ފުލުހުން ވަތްއިރު، އަނިޔާކުރި ކަމަށް ބުނާ ސަދިގުލް އާއި އަޒީޒުލް އެ ވަގުތު އެތަނުގައި ތިބި ކަމަށާއި އެ ދެމީހުން ހައްޔަރުކުރީ ކުށުގެ ވެށިން ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެ ދެމީހުންނަކީވެސް ސައްހަ ވިސާއެއް ނެތި ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ ދެމީހުންނެވެ.
އެ ދެމީހުން ކޯޓުގައި ބުނެފައިވަނީ ޝަޖަހާން އެމީހުން ލައްވައި މަސައްކަތް ކުރުމަށް ފަހު، އެ މަސައްކަތަށްވާ ފައިސާ ނުލިބި ތަކުރާރުކޮށް އޭނާއަށް ގުޅައި ފައިސާ ހޯދުމަށް ކުރި މަސައްކަތުން އެ ފައިސާ ލިބިފައި ނުވާތީ އޭނާއަށް ގުޅައިގެން ކޮޓަރިއަށް ގެންގޮސް އޭނާގެ ގައިގައި ޖަހާފައިވާ ކަމަށާއި ނަމަވެސް ކިޑްނެޕްކޮށް އަނިޔާ ކޮށްފައި ނުވާނެ ކަމަށެވެ.
ކޯޓުން އެމީހުންގެ ބަންދު މުއްދަތު ޖަހާފައިވަނީ، އެއީ ބިދޭސީންނަށް ވެފައި ބަންދުން ދޫކޮށްލައިފި ނަމަ، ފިލައިގެން ބޭރަށް ދިއުމުގެ ފުރުސަތު އޮތުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު