މާލޭގެ މަގުތަކުގައި ގިނަ ދުވަސްތަކެއް ވަންދެން ބަހައްޓާފައި ހުރި އުޅަނދުތައް ނެގުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
ފުލުހުން މިއަދު ބުނީ މާލޭގެ މަގުތަކަކީ އެެންމެންނަށް ރައްކާތެރި، ހިތްފަސޭހަ ތަނަކަށް ހެދުމަށް ކުރާ މަސައްކަތުގެ ދަށުން، މަގުތަކުގައި އާންމުންނަށް އުނދަގޫވާ ގޮތަށް، ދިގު މުއްދަތަކަށް ބޭނުންނުކޮށް ދޫކޮށްލާފައި ހުރި އުޅަނދުތައް ނެގުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެގޮތުން އެ މަސައްކަތް ކުރަމުން ގެންދަނީ މާލޭ ސިޓީ ކައުންސިލާއި ލޯކަލް ގަވަމެންޓް މިނިސްޓްރީން ގުޅިގެން ކަމަށް ފުލުހުން ބުނެފައިވެއެވެ.
ނަމަވެސް މަގުތަކުން މިހާތަނަށް ނަގާފައިވަނީ ކިތައް އުޅަނދު ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
ދާދިފަހުން ފުލުހުން ވަނީ މަޖީދީ މަގާއި ބޮޑުތަކުރުފާނު މަގުގައި ގަވާއިދާ ޚިލާފަށް ޕާކުކޮށްފައި ހުރި ގިނަ ޢަދަދެއްގެ އުޅަނދުތައް ޓޯކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު