ފަތުރުވެރިކަމުގެ ބޭނުމަށް ދީފައިވާ މާމަޑުއްވަރީގެ އެއްބަސްވުން އުވާލައި ހިތާދޫއަށް އެރަށް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
ހިތާދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި މިއަދު ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ހިތާދޫގެ ތަރައްޤީއަށް ކުރަން ހުރި ހުރިހާ ކަމެއް ކޮށްދިނުމަށް ސާބިތުވެ ހުންނެވިކަމަށެވެ.
އެގޮތުން އެމަނިކުފާނުގެ ދަތުރުފުޅުގައި ސޮއިކުރެވުނު ދެ އެއްބަސްވުން ކަމަށްވާ ހިތާދޫގެ ބިން ހިއްކުމާއި، ސްކޫލްގެ މަލްޓިޕާޕަސް ހޯލު އިމާރާތް ކުރުމުގެ މަސައްކަތަކީ ރައްޔިތުންނަށް ފައިދާކުރާނެ މަޝްރޫޢުތަކަކަށް ވާނެކަމަށް ރައީސް ވިދާޅުވިއެވެ. އޭގެއިތުރުން، ސިއްޙީ ދާއިރާއިން އައު ޢިމާރާތް އެޅުމަށް މިހާރު ފެނަކައާ ހަވާލުކޮށްފައިވާ ކަމަށާއި، ސިއްޙީ މަރުކަޒަށް ޖާގަ އިތުރުވެ، ލެބޯރެޓަރީގެ ޚިދުމަތާއި ޑައިލިސިސް އާއި އެނޫންވެސް ޚިދުމަތާއި ވަސީލަތްތައް ޤާއިމްކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ހަމައެއާއެކު، ރައީސް ވިދާޅުވީ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތާއި، އައުޓްޑޯ ޖިމުގެ މަސައްކަތްވެސް މިއަހަރު ހިތާދޫގައި ފަށްޓަވާނެ ކަމަށެވެ.
އޭގެއިތުރުން ރައީސް ވިދާޅުވީ ތާރީޚީ ގޮތުން ހިތާދޫގެ ހިއްސާ އޮތް ރަށެއްކަމަށްވާ މާމަޑުއްވަރީ އަކީ ހިތާދޫއަށް ފައިދާ ހޯދޭނެ ރަށެއް ކަމަށެވެ. މިހާރު ޓޫރިޒަމަށް ދީފައި އޮތް ނަމަވެސް އެއްވެސް މަސައްކަތެއް އެރަށުގައި ނުހިނގާކަން ރައީސް ފާހަގަކުރެއްވިއެވެ. ނަމަވެސް ދަތުރު ދިއުމާއި އިޤްތިޞާދީ ބޭނުމަށް އެއީ ހިތާދޫއަށް މުހިންމު ރަށެއްކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން ޤާނޫނުގެ ތެރެއިން އެރަށުގެ އެއްބަސްވުން ނިމުމަކަށް ގެނެސް ހިތާދޫއަށް އެެރަށް ދޭނެކަމަށް ރައީސް ވިދާޅުވިއެވެ.
“އެހެންވީމާ ޓޫރިޒަމް މިނިސްޓްރީ އާއި އެޓަރނީ ޖެނެރަލްގެ އޮފީސް ގުޅިގެން އެކަންކުރާނެ.” ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސް މިއަދު ވަނީ ރައްޔިތުންގެ ފުދުންތެރިކަން އިތުރުވާނެގޮތަށް މާމަޑުއްވަރީގެ ބޭނުން ހިފުމަށް ހިތާދޫ ރައްޔިތުންނަށް އިލްތިމާސް ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު