އެމްއެމްޕީއާރްސީން ގެއްލުނު 14.6 މިލިއަން ރުފިޔާ ބޭނުންކުރި މީހުން ހެއްކާއެކު ހޯދިފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ އޮޕަރޭޝަންތަކަށް ބޭނުންވާ ޑީސަލް ގަތުމުގެ މުއާމަލާތްތަކާގުޅޭ ގޮތުން މާލިއްޔަތު ކޮމިޓީން އެކުލަވާލި ރިޕޯޓުގެ ބަހުސްގައި ނާޒިމް ވިދާޅުވީ، އެމްއެމްޕީއާރުސީ ހިޔާނާތުގައި ގެއްލުނު 1.4 ބިލިއަން ރުފިޔާގެ ތެރެއިން 14.6 މިލިއަން ރުފިޔާ ބޭނުންކުރި މީހުން މިހާރު ދެނެގަނެފައިވާ ކަމަށެވެ.
“އެމްއެމްޕީއާރުސީ ހިޔާނާތުގެ ތެރެއިން 14.6 މިލިއަން ރުފިޔާ ބޭނުންކުރި ފަރާތްތައް ހެއްކާއި ގަރީނާ އާއެކު އެއްވެސް ޝައްކެއް ނެތް މިންވަރަށް ހޯދިފައި.” ނާޒިމް ވިދާޅުވިއެވެ.
އޭގެއިތުރުން ނާޒިމް ވިދާޅުވީ، ކޮރަޕްޝަންގެ މައްސަލަތައް މިސަރުކާރުން ބަލާނެ ކަމަށާއި، ޔުނިފޯމްއެޅި އިދާރާތައް އޮޑިޓް ކުރުމުގެ ހުއްދަ ދެއްވުމާއެކު އޮޑިޓަރ ޖެނެރަލް ޕޮލްކޯ އޮޑިޓްކޮށްފައިވާ ކަމަށެވެ. އަދި އެފްއެސްއެމްގެ އޮޑިޓެއް ހައްދަވައިދިނުމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުގައި އެދިފައިވާ ކަމަށް ނާޒިމް ވިދާޅުވިއެވެ.
އޭގެއިތުރުން މިސަރުކާރުން ކޮރަޕްޝަންގެ މައްސަލަތަކުގައި ތުހުމަތުކުރެވޭ، ކުންފުނިތަކުގެ އެމްޑީން ބަދަލު ކޮށްފައިވާކަން ނާޒިމް ފާހަގަ ކުރެއްވިއެވެ.
ނާޒިމް މިހެން ވިދާޅުވެފައިވާއިރު، އެމްއެމްޕީއާރްސީ ހިޔާނާތުގައި މިހާތަނަށް ކުށް ސާބިތުވީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެކުންފުނީގެ ކުރީގެ އެމްޑީ އަބްދު ﷲ ޒިޔަތުގެ މައްޗަށެވެ. އެހެންނަމަވެސް ކުރީ ސަރުކާރުން ވަނީ އެމީހުންގެ އަދަބު ލުއިކޮށް މިނިވަންކޮށްދީފައެވެ.

ކިޔުންތެރިންގެ ހިޔާލު