އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް މިފަހުން ގެނައި އިސްލާހުތަކުގެ ސަބަބުން ކައުންސިލްތަކުން އެ މީހުން ބޭނުންވާގޮތަށް މަސައްކަތް ކުރަން ލިބޭނީ ހަތަރު އަހަރުކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ މިއަދު ވިދާޅުވެއްޖެއެވެ.
ޓީވީ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ދީދީ މިރޭ ވިދާޅުވީ، އެ އިސްލާހު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުނު ހިސާބުން ފެށިގެންވެސް އެމްޑީޕީން އައީ ސަރުކާރުގެ އެ ހުށަހެޅުމަށް ދެކޮޅު ހަދަމުން ކަމަށެވެ. އަދި އެ އިސްލާހުން ރައްޔިތުންނަށް ވާނެ އެއްވެސް މަންފާއެއް ނެތްކަން ފާހަގަކުރައްވައި ދީދީ ވިދާޅުވީ މި އިސްލާހު ހުށަހަޅާފައި ވަނީ ކައުންސިލްތަކަށް މާލީ ގޮތުން ދަތިކޮށް، އިދާރީ ގޮތުން މަސައްކަތްތައް ބަންދު ކުރުމުގެ ގޮތުން ކަމަށެވެ.
އޭނާ ވިދާޅުވީ، ފާސްކުރި އިސްލާހުގައި ބިންތައް ދޫކުރުމާއި ވަޒީފާތަކަށް މީހުން ނެގުންފަދަ ކަންކަން ކައުންސިލްގެ ދައުރު ހަމަވާން 1 އަހަރަށް ވެފައިވާނަމަ ނުކުރެވޭގޮތަށް އޮތުމުން، ކައުންސިލް މެންބަރުން އިންތިހާބުވަނީ ފަސް އަހަރަށްކަމުގައި ވީނަމަވެސް، އެ މީޙުން ބޭނުންވާގޮތަށް ކަންކަން ކުރިއަށް ގެންދަން ލިބޭނީ 4 އަހަރު ކަމަށެވެ.
އަދި އެއީ އިންތިހާބަށް ނުފޫޒު ފޯރުވުންފަދަ ކަންކަން ހުއްޓުވުމަށް ގެނައި އިސްލާހެއްނަމަ އެ ފުރުސަތު މިހާރު އޮތީ ރައީސުލްޖުމްހޫރިއްޔާއަށް ވެސް ހުޅުވިފައިކަމަށާއި އެހެންކަމަށްވާނަމަ އެ ފުރުސަތު ވެސް ބަންދުކުރަންވާނެކަމަށް ދީދީ ވިދާޅުވިއެވެ.
ލާމަރުކަޒީ ނިޒާމަށް އިސްލާހު ގެނައުމުގެ އެންމެ ބޮޑު ބޭނުމަކީ، ނިޒާމުގެ ހަރަދު ބޮޑުވުންކަމަށް ބުނާތީ އެ ވާހަކަތަކަށް ރައްދު ދެއްވައި ދީދީ ވިދާޅުވީ، ދައުލަތުގެ ބަޖެޓުގެ 05 އިންސައްތަ ހަރަދު ވަނީ ކައުންސިލް ހިންގަން ކަމަށާއި، މައި ސަރުކާރަށް 95 އިންސައްތަ ލިބޭނެކަމަށެވެ.
އަދި ބައެއް ކައުންސިލްތަކުން އެއް އަހަރު ލިބޭ ގްރާންޓުން ބޭނުންވާ ޕްރޮޖެކްޓެއް ނުހިންގޭ ނަމަ ވަކި އަދަދެއް ބާކީކޮށް، އަނެއް އަހަރަށް ބަހައްޓައިގެން ބޮޑެތި ޕްރޮޖެކްޓްތައް ހިންގަން މަސައްކަތް ކުރާކަމަށާއި މިފަދަ ގޮތަކަށް 180 ކައުންސިލުން ޖަމާކޮށްފައިވާ ފައިސާ ގާތްގަނޑަކަށް ބިލިއަނެއްހާ ރުފިޔާއަށް އަރާނެކަމަށް ލަފާކުރެވޭކަމަށް ދީދީ ވިދާޅުވި އެވެ.
އެހެންވެ ހަގީގަތުގައި ސަރުކާރުން ބޭނުންވެގެން އުޅެނީ އެ ފައިސާކަމަށް ދީދީ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު