ވައިބަރ އެކައުންޓްތައް ކޮމްޕްރޮމައިޒްކޮށްގެން، އޮޅުވާލައިގެން ފައިސާ ހޯދުމުގެ މައްސަލަތައް އިތުރުވާތީ އެކަމަށް ސަމާލުވުމަށް ދިވެހި ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން އިލްތިމާސްކޮށްފިއެވެ.
މިފަދަ ސްކޭމްތަކުން ރައްކާތެރިވުމުގެ ގޮތުން ވައިބަރގެ ވެރިފިކޭޝަން ކޯޑު އެއްވެސް ހާލެއްގައި އެހެން ފަރާތަކާ ހިއްސާނުކުރުމަށާއި ވައިބަރ ސެޓިންގްސްއިން "ޓޫ-ސްޓެޕް ވެރިފިކޭޝަން" އެކްޓިވޭޓްކުރެއްވުމަށް ފުލުހުން ވަނީ ނަސޭހަތްތެރިވެފަައެވެ.
އަދި ވައިބަރއިން ކުއްލިއަކަށް ފައިސާ ނުވަތަ ޒާތީ މަޢުލޫމާތު ހިއްސާކުރުމަށް އެދިއްޖެނަމަ، ފޯނުން ގުޅައި ޔަގީންކުރުމުގެ އިތުރުން އެކައުންޓްގެ ރައްކާތެރިކަން ކަށަވަރުކުރެއްވުމަށްވެސް ފުލުހުން ވަނީ އެދިފައެވެ.
ސްކޭމްތަކުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތަކުގެ ތެރޭގައި އޮންލައިން މުޢާމަލާތްތަކުގައި ރަސްމީ އަދި ޤާނޫނީ ގޮތުން ޤަބޫލުކުރެވޭ ޕޭމަންޓް ގޭޓްވޭތައް އެކަނި ބޭނުންކުރުމަށާއި އަންޑެންޓިފައިޑް ފޮރިން ނަންބަރުތަކުން އަންނަ މެސެޖުތަކަށް ޖަވާބު ނުދިނުން އަދި އެފަދަ ނަންބަރުތަކަށް ގުޅާފައި އަންނަ ކޯލްތަކަށް ޖަވާބު ނުދިނުން އަދި އެފަދަ ނަންބަރުތައް ބްލޮކް ކުރުން ހިމެނެއެވެ.
އަދި ބޭރު ފައިސާ މާރުކުރުމުގައި ހަމައެކަނި ލައިސަންސް ލިބިފައިވާ މަނީ އެކްސްޗޭންޖް ތަންތަނާއި ބޭންކުތައް މެދުވެރިކޮށް މުޢާމަލާތް ކުރުމާއި އޮންލައިން ޕްލެޓްފޯމްތަކުގައި ދެވޭ އަގުތަކާއި ޑިސްކައުންޓްތައް މާކެޓް ރޭޓާ އަޅާކިޔުމުގެ އިތުރުން އާދަޔާ ޚިލާފަށް ކުޑަ އަގެއްގައި ތަކެތި ވިއްކާނަމަ އިތުރަށް ބެލުންވެސް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު