ވިލިމާލެ ފްލެޓެއް ބަލާ ފާސްކޮށް އަތުލައިގަތް މަސްތުވާތަކެތި
ވިލިމާލެ ފްލެޓެއް ބަލާ ފާސްކޮށް އަތުލައިގަތް މަސްތުވާތަކެތި
ވިލިމާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި 33 ގުރާމަށްވުރެ ގިނަ މަސްތުވާތަކެތި ހޯދައިފިއެވެ.

ފުލުހުން ބުނީ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ވިލިމާލެ ފްލެޓެއް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ޖޫސްޕެޓީ ކޮތަޅެއް ފެނިފައިވާ ކަމަށެވެ.

އަދި އޭގެ ވަގުތީ ބަރުދަނަކީ 33.41 ގުރާމުކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލައާ ގުޅިގެން މީހަކު އަދި ހައްޔަރުކޮށްފައެއް ނުވެއެވެ.

ވިލިމާަލެ ޕޮލިހުން ގެންދަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު