އިބްރާހިމް ފަހީމް   9 އޯގަސްޓު 2025 - 22:26
މިދިޔަ މަހުގެ 28 ގައި ލ. މާވަށުގައި ކަރަށް ވަޅި ހަރައި މަރާލި މޫސާ އިބްރާހީމްގެ ޖަނާޒާ މާދަމާ ބާއްވާގޮތަށް ހަމަޖައްސައިފިއެވެ.

މާލެ ސިޓީ ކައުންސިލްގެ ކަށު ނަމާދު ޕޭޖުން ޕޯސްޓްކުރި ގޮތުގައި ކަށު ނަމާދު އޮތީ މާދަމާ މެންދުރު ނަމާދަށް ފަހު އާސަހަރާ މިސްކިތުގައެވެ.

މޫސާ އިބްރާހީމްގެ ހަށިގަނޑު އޮޓޮޕްސީ ހެދުމަށް އިންޑިއާއަށް ވެސް ގެންދިޔައެވެ. އަދި އޮޓޮޕްސީ ހެދުމަށްފަހު އޭނާގެ ހަށިގަނޑު މިރޭ މާލެ ގެނެސްފައިކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މޫސައަށް ހަމަލާދިނީ އެ ރަށުގައި ދިރިއުޅުނު ހދ. ނޮޅިވަރަންފަރު، އަސަރީމަންޒިލް، މުހައްމަދު އިބްރާހިމެވެ. އެ ދެ މީހުންގެ ދެމެދުގައި ހިނގި ދެބަސްވުމަކަށް ފަހު އަތުގައި އޮތް ވަޅި ނަގައި މޫސައަށް ހަމަލާދިނީ ކަމަށް އެ ރަށު މީހުން ބުނެއެވެ. އަދި އޭނާއަށް ހަމަލާދިން މުޙައްމަދު އިބްރާހީމްވަނީ އަމިއްލައަށް ގޮސް ފުލުހުންނާ ހަވާލުވެފައެވެ.

އެ ރަށު ހެލްތު ސެންޓަރުން ބުނެފައިވާގޮތުގައި އެތަނަށް މޫސަ ގެންދިޔައިރު ވެސް އޮތީ މަރުވެފައެވެ. މޫސަގެ މަރުގެ ތުހުމަތުގައި މުހައްމަދު އިބްރާހިމް މިހާރުވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު