ހުޅުމާލޭގައި ޢިމާރާތް ކުރަމުންދާ ފްލެޓްތަކެއް
ހުޅުމާލޭގައި ޢިމާރާތް ކުރަމުންދާ ފްލެޓްތަކެއް
ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ގެދޮރުވެރިޔާ ސްކީމަށް ކުރިމަތި ލެވޭގޮތައް ހުލުވާލައިފި ކަމަށް ބުނެ ސްކޭމް ލިންކެއް ދައުރު ކުރަމުންދާތީ އެކަމަށް ސަމާލުވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިލްތިމާސް ކޮށްފިިއެވެ.

ފުލުހުން މިއަދު ބުނީ ގެދޮރުވެރިޔާ ސްކީމަށް ކުރިން ލާފައިވާ ފޯމްތައް ބާާތިލުކޮށް އަލުން ފޯމްލުމުގެ ފުރުސަތު އެޗްޑީސީން ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ހުލުވާލައިފި ކަމަށާއި ފޯމް ވެބްސައިޓުން ލިބެން ހުންނާނެކަމަށް ބުނެ ދައުރުވަމުންދާ މެސެޖަކީ ސައްހަ މެސެޖެއް ނޫން ކަމަށެވެ.

ގެދޮރުވެރިޔާ ސްކީމަށް ކުރިމަތިިލެވޭނެ ކަމަށްބުނެ ދައުރުކުރަމުންދާ މެސެޖުގައި ވަނީ، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އެސްކީމަށް ކުރިމަތި ލެވޭގޮތައް ހުލުވާލައިފި ކަމަށާއި ފޯމް ވެބްސައިޓުން ލިބެން ހުންނާނެކަމަށެވެ. ލިންކަކާއެކު ޙިއްސާ ކުރަމުންދާ މި މެސެޖް ގިނަ ބަޔަކަށް ދަނީ ފޮނުވަމުންނެވެ.



ގެދޮރުވެރިޔާ ސްކީމަށް ކުރިމަތިލުމާ ގުޅޭގޮތުން ސްކޭމް މެސެޖެއް ދައުރުވަމުންދާއިރު، ގެދޮރުވެރިޔާ ޕޯޓަލަށް ލޮގިން ކުރުމަށް ކަމަށް ބުނެ ސްކޭމް މެސެޖްތަކެއް މިފަހުން ދައުރު ކޮށްފައިވެއެވެ.

ފުލުހުން ބުނީ ގެދޮރުވެރިޔާ ޕޯޓަލުން މީސްމީހުނަށް ލިންކު ނުފޮނުވާނެ ކަމަށާއި، އެއީ އީ-ފާސް މެދުވެރިކޮށް ލޮގިންވާ ގޮތަށް ފަރުމާ ކޮށްފައިވާ ޕޯޓަލެއް ކަމަށެވެ.

އަދި އެފަދަ ލިންކެއް ލިބިއްޖެނަމަ 911 ރިޕޯޓް ކުރުމަށް ވެސް ފުލުހުން ވަނީ އެދިފައެވެ.



ކިޔުންތެރިންގެ ހިޔާލު