ދޯނި ބަންޑުން ޖަހާލި ޙާދިސާގައި ކަނޑުވެފައި ތިބި މީހުން
ދޯނި ބަންޑުން ޖަހާލި ޙާދިސާގައި ކަނޑުވެފައި ތިބި މީހުން
ކުމުންދޫ ކައިރިން ދޯންޏެއް ބަންޑުން ޖަހާލި ޙާދިސާގައި ޙާލުދެރަވި ދިވެއްސަކު ނިޔާވެއްޖެއެވެ.

ފުލުހުން މިއަދު ބުނީ، ހދ. ކުޅުދުއްފުށިން ށ. ފުނަދޫއަށް ދެ ދިވެހިންނާއި ދެ ބިދޭސީން ގޮވައިގެން ދަތުރުކުރި ސަޕްލައި ދޯންޏެއް ކުމުންދޫ ކައިރިން ބަންޑުން ޖަހާލާފައިވާ ކަމަށް މިއަދު ހެނދުނު 8:55 ހާއިރު ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އަދި އެދޯނިން ދަތުރުކުރި 4 މީހުން ކަނޑުވެފައި ތިއްބައި ސަލާމަތްކޮށް ކުޅުދުއްފުއްޓަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެ މީހުންގެ ތެރެއިން 66 އަހަރުގެ ދިވެއްސަކު ހާލު ދެރަވެގެން ފަރުވާދެމުން ދަނިކޮށް 10:30 އެ މީހާ ނިޔާވެއްފައިވާކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.

“ފުލުހުންނަށް މަޢޫލޫމާތު ލިބިފައިވަނީ ޖަމްބޯ ބޭގްތަކެއް އަރުވައިގެންދިޔަ ސަޕްލައި ދޯންޏެއް ކަމަށް.” މީޑިއާތަކަށް ފޮނުވި މެސެޖްގައި ފުލުހުން ހާމަކޮށްފައިވެއެވެ.

ފުލުހުން ބުނީ އެ ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު