ފުވައްމުލަކު ސިޓީގައި ރޭ ހިނގި އެކްސިޑެންޓްގައި ނިޔާވި ކުއްޖާގެ އާއިލާއަށް ރައީސް ޑރ. މުޢިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.
ފުލުހުން މިއަދު ބުނީ ފުވައްމުލައް ސިޓީ ހުސްނުހީނާމަގުން ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެއް ފާރެއްގައިޖެހި ކޮންޓްރޯލްނުވެ އެންމެފަހުން މަގުބައްތި ހޮޅިދަނޑިއެއްގައި ޖެހިފައިވާ ކަމަށާއި، އެ ސައިކަލް ދުއްވަން އިން 17 އަހަރުގެ ފިރިހެން ކުއްޖާ ނިޔާވެފައިވާ ކަމަށެވެ.
ފުވައްމުލަކު ފުނާޑު އަވަށުގައި ހިނގި މި އެކްސިޑެންޓުގައި ނިޔާވެފައިވަނީ ފުވައްމުލަކު ދުބުރިމާގެ، ޢުމުރުން 17 އަހަރުގެ ހަސަން ސިވާދުއެވެ.
އެކަމާ ގުޅިގެން މީސްމީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި ރައީސް ޑރ. މުޢިއްޒު ވިދާޅުވީ ފުވައްމުލައް ސިޓީގައި، ރޭ ހިނގި އެކްސިޑެއްޓެއްގައި އުމުރުން 17 އަހަރުގެ ކުއްޖަކު ނިޔާވި ޚަބަރު އެއްސެވީ ފުން ހިތާމައާއެކުގައި ކަމަށެވެ. އަދި މި ހާދިސާގައި ނިޔާވި ކުއްޖާގެ އާއިލާއަށް ތައުޒިޔާ ދަންނަވައި، ކެތްތެރިކަން ދެއްވުމަށް އެދި ރައީސް ވަނީ ދުއާ ކުރަށްވާފައެވެ.
ފުލުހުން ބުނީ މި އެކްސިޑެންޓް ހިނގާފައިވާ ކަމުގެ މައުލޫމާތު އެއިދާރާއަށް ލިބުނީ ރޭ މެންދަމު 02:40 ހާއިރުކަމަށެވެ.
ފުލުހުން ބުނީ މި މައްސަލަ އެއިދާރާއިން ގެންދަނީ ތަހުގީގު ކުރަމުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު