ސަރުކާރުން ލާމަރުކަޒީ ގާނޫނަށް ގެންނަން ހުށަހަޅާފައިވާ އިސްލާހުތައް މަޖިލީހުގެ ލާމަރުކަޒީ ކޮމެޓީން ފާސްކޮށްފިއެވެ.
ސަރުކާރުގެ ފަރާތުން ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ހުސައިން ހުށަހަޅުއްވާފައިވާ އިސްލާހުގައި ބުނެފައި ވަނީ ކައުންސިލްތަކުގެ އުމުރު ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ހަމަވުމާ ދެމެދު އޮތީ އެއް އަހަރު ނުވަތަ އެ އަށް ވުރެ ކުރު މުއްދަތެއް ނަމަ ފިނޭންސް މިނިސްޓްރީ އާއި އެލްޖީއޭއިން ކަނޑައަޅާ އުސޫލުތަކާ އެއްގޮތްވާ ގޮތަށް ނޫނީ ބައެއް ކަންކަން ކުރަން ކައުންސިލުން ނިންމައިގެން ނުވާނެ ކަމަށެވެ.
އެގޮތުން ކައުންސިލް އިދާރާއަށް ނުވަތަ ކައުންސިލް އޮފީހަކަށް ދާއިމީ މުވައްޒަފުން ނުވަތަ ކޮންޓްރެކްޓް މުވައްޒަފުން ނެގުމާއި، ކައުންސިލްގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ބިމާއި ފަޅާއި ފަރުގެ ސަރަހައްދުތައް ކުއްޔަށް ދޫކުރުމާއި ދިނުން ހަނިކުރުމާއި، ދައުލަތުން ކައުންސިލްތަކަށް ދޭ ފައިސާގެ އަދަދު މުރާޖާކުރުން ފަދަ ކަންކަން ހިމެނެއެވެ.
އެހެންކަމުން އިދިކޮޅު ފަރާތްތަކާއި ގިނަ ކައުންސިލްތަކުން ވެސް އެ ބިލް އަނބުރާ ގެންދިޔުމަށް ވަނީ ގޮވާލާފައެވެ.
ނަމަވެސް، މިރޭ ބޭއްވި ލާމަޒުކަޒީ ކޮމެޓީގެ ބައްދަލުވުމުގައި ވަނީ އެ ބިލް ފާސްކޮށްފައެވެ. ބިލް ހުށަހެޅި ގޮތަށް ކޮމެޓީން ބޮޑެތި އިސްލާހުތަކެއް ނުގެނެއެވެ.
މި ބިލަށް ވޯޓު ދީފައިވަނީ ވިލުފުށީ ދާއިރާގެ މެންބަރު ހަސަން ވަހީދު، ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަހްމަދު އައިފާން، އުނގޫފާރު ދާއިރާގެ މެންބަރު އިބްރާހިމް ޝިފާޒް، ގެމަނަފުށީ ދާއިރާގެ މެންބަރު އަސަދުالله ޝިހާބު އަދި ކޮލަމާފުށި ދާއިރާގެ މެންބަރު އިބްރާހިމް ދީދީއެވެ.
އެ ބިލާ ދެކޮޅަށް ވޯޓު ދެއްވީ ކޮމިޓީގައި އިންނަވާ އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ ކެޔޮދޫ ދާއިރާގެ މެންބަރު މުހައްމަދު ނިއުޝާދެވެ.

ކިޔުންތެރިންގެ ހިޔާލު