ގެއްލިގެން ހޯދަމުންދިޔަ ކުއްޖާ
ގެއްލިގެން ހޯދަމުންދިޔަ ކުއްޖާ
ޅ. ނައިފަރުން ގެއްލިގެން ހޯދަމުންދިޔަ އަންހެން ކުއްޖާ ފެނިފައިވާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިއަދު ވަނީ ޅ. ނައިފަރު ސީނިޔާގެ، ހަދީޖަތު މައިސަރާ އަބޫބަކުރު ފައިސަލް (15އ) ގެއްލިގެން ހޯދަމުންދާކަމަށް ބުނެފައެވެ. އަދި އޭނާ ހޯދުމަށް އާންމުންގެ އެހީތެރިކަމަށް ފުލުހުންވަނީ އެދިފައެވެ.

މައިސަރާ، ނައިފަރުގައި ދިރިއުޅޭ ގެއިން ނުކުމެގެން ގޮސްފައިވަނީ މި އޮގަސްޓު މަހުގެ 2 ވަނަ ދުވަހުގެ 10:25 ހާއިރު ކަމަށާއި އޭގެ ފަހުން ހަބަރެއް ނުވާ ކަމަށް ފުލުހުން މިއަދު ވަނީ ބުނެފައެވެ.

މިރޭ ފުލުހުން ބުނެފައިވަނީ، މިއަދުގެ ވަގުތެއްގައި އޭނާ ފެނިފައިވާކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށެވެ.

ނަމަވެސް، އޭނާ ފެނުނީ ކޮންތާކުންކަމެއް އަދި އޭނާ ގެއްލެން މެދުވެރިވީގޮތެއް ވެސް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު