ޓެކުހާ ގުޅޭ ކުށްތަަކަަށް ދޭ އަދަބުތައް ބޮޑުކޮށް، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް އިތުރު ބާރުތަކެއްދޭން، ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނަށް ސަރުކާރުން އިސްލާހު ހުށައަޅައިފިއެވެ.
ސަރުކާރުގެ ފަރާތުން ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް ރައްޔިތުން މަޖިލީހަށް މިއަދު ހުށަހެޅި ބިލުގައި ވަނީ، ޓެކްސް ފިޔަވައި އެހެނިހެން ފައިސާގެ ތެރެއިން ދައުލަތަށް ލިބެންޖެހި، ނުލިބޭ ފައިސާއެއް އެ ފައިސާ ދައްކަންޖެހޭ މުއްދަތުގައި ދައްކާފައި ނުވާނަމަ، ޝަރީއަތް މެދުވެރިކޮށް އެފައިސާ ހޯދުމުގެ އިހްތިޔާރު މީރާއަށް ދީފައެވެ. އަދި ޓެކްސް ނުދައްކާ ފަރާތްތަކުގެ އަތުން ފައިސާ ހޯދުމަށް، އިތުރު ފިޔަވަޅުތައް އެޅުމުގެ ބާރުވެސް މި ބިލުން ވަނީ މީރާއަށް ދީފައެވެ.
އޭގެ ތެރޭގައި ދައުލަތުގެ އިދާރާތަކުން ދޭ ހިދުމަތް ހިފެހެއްޓުމާއި، ބިން ބިމާއި މިލްކިއްޔާތު ހިފެހެއްޓުމާއި، ބޭންކު އެކައުންޓު ބެލުމާއި، ތިން ވަނަ ފަރާތެއްގެ އަތުން އެ ފައިސާ ހޯދުމުގެ އިތުރަށް ބޭރު ގައުމެއް، ނުވަތަ ސަރަހައްދެއް މެދުވެރިކޮށް އެ ފައިސާ ހޯދުމުގެ ބާރު މީރާއަށް ދިނުމަށްވެސް ވަނީ ހުށަހަޅައިފައެވެ.
މި ބިލުގައި ޓެކުހާ ގުޅޭ އާ ކުށްތަކެއް ގާނޫނުގައި ހިމަނަންވެސް ވަނީ ހުށަހަޅައިފައެވެ.
އެ ގޮތުން ޓެކްސް ބަޔާނެއްގައި ދޮގު މައުލޫމާތެއް ހިމަނަން ހުއްދަ ދިނުމާއި، އޭގައި ހިމަނަންޖެހޭ މައުލޫމާތެއް ނުހިމަނަން ހުއްދަ ދިނުމާއި، ލިޔެކިޔުންތަކާއި މާލީ ހިސާބުތައް ރަނގަޅަށް ނުބެލެހެއްޓުން ހުއްދަކުރުމަކީ ކުށެއްކަމަށްވަނީ ހިމަނައިފައެވެ. އަދި ގާނޫނެއްގެ ދަށުން ދައްކަންޖެހޭ ޓެކްސްގެ ފައިސާގެ އެއްވެސް މިންވަރެއް ނުދެއްކުމަށް ހުއްދަކުރުމަކީވެސް ކުށެއްކަމަށް ވަނީ ހިމަނައިފައެވެ. ބިލްގައި މި ކުށްތައް ހިމަނާފައިވަނީ ޓެކްސް ދެއްކުމުން އެއްކިބާވުމުގެ ކުށްތަކުގެ ގޮތުގައެވެ.
އަދި ޓެކްސް ދެއްކުމުން އެއްކިބާވުމުގެ ކުށްތަކުގެ އަދަބަކަށް 3 މަސްދުވަހާއި 2 އަހަރުގެ ދުވަހުގެ މުއްދަތަކަށް ޖަލަށްލުމަށް ބިލުގައި ކަނޑައަޅާފައިވެއެވެ.
ޓެކްސް ބަޔާން ހުށަނޭޅުމާއި މައުލޫމާތު ހުށަނޭޅުމުގެ ކުށުގެ ބަޔަށް މި ބިލުން ބަދަލުގެނަސްފައިވާއިރު، ޓެކްސް ބަޔާނާއި، ބަޔާނާއެކީ ހުށައަޅަންޖެހޭނެކަމަށް ގާނޫނުތަކާއި، ގަވާއިދުތަކުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ހުށަނޭޅުމާއި ޓެކުހާ ގުޅޭގޮތުން ހުށައަޅަންޖެހޭ މައުލޫމާތެއް ނުވަތަ ލިޔެކިޔުމެއް ހުށަނޭޅުމަކީ ކުށެއްކަމަށްވެސް ވަނީ ހިމަނައިފައެވެ.
މިއިން ކުށެއް ކޮށްފިނަމަ އަދަބެއްގެ ގޮތުގައި 250،000 ރުފިޔާއަށްވުރެ ބޮޑު ނޫން ޢަދަދަކުން ކުށް ކުރި ފަރާތް ޖޫރިމަނާކުރުމާއެކު 1 މަސް ދުވަހާއި 6 މަސް ދުވަހުގެ މުއްދަތަކަށް ޖަލަށްލެވޭގޮތަށް ބިލުގައި ވަނީ ހިމަނާފައެވެ.
އޭގެއިތުރުން މީރާއަށް ދައްކަންޖެހޭ ފައިސާގެ އަދަދާ ގުޅޭގޮތުން، ޓްރައިބިއުނަލަށް އިސްތިއުނާފަށް ހުށަހެޅޭނީ، އިއުތިރާޒު ކުރާ އަދަދުގެ މަދުވެގެން 25 ޕަސެންޓަށްވާ ފައިސާ މީރާ އަށް ދައްކައި، ހަލާސް ކުރުމުން ފަހުގައި ކަމަށްވެސް މިބިލުގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު