ދަނޑުވެރިންނަށް ދޫކުރާ “ދަނޑުވެރި ނަފާ” ލޯނު މިހާތަނަށް ދޫކޮށްފައިވަނީ 45 ފަރާތަށް ކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާއިން މިއަދު ހާމަކޮށްފިއެވެ.
2019 ވަނަ އަހަރުން ފެށިގެން ދަނޑުވެރި ނަފާ ލޯނު ދޫކުރަމުންދަނީ، ދަނޑުވެރިކަމާއި ބެހޭ ވުޒާރާއާއި އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ގުޅިގެންނެވެ.
އެގޮތުން ދަނޑުވެރިންގެ ޕޯޓަލްގައި 6،699 ދަނޑުވެރިން ތިބި ނަމަވެސް، ދަނޑުވެރި ނަފާ ލޯނު ދޫކޮށްފައިވަނީ އެންމެ 45 ފަރާތަށް ކަމަށް ދަނޑުވެރިކަމާބެހޭ ވުޒާރާއިން ހާމަކޮށްފައިވެއެވެ. އަދި އެންމެ ގިނަ މީހުން ލޯނު ނަގާފައިވަނީ ޒަމާނީ ދަނޑުވެރިކަން ކުރުމަށް ކަމަށެވެ.
އެގޮތުން، ވާޓިކަލް ފާމިން އާއި، ގުރީން ހައުސް ފާމިންއަށް ގިނަ ފަރާތްތަކުން ލޯނު ނަގާފައިވާއިރު، އެލްޓްރީ ފާމިން ނުވަތަ ކުކުޅު ފާމިން ފަދަ ކަންކަމަށް ސަމާލުކަން ދޭ މިންވަރު ކުޑަކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ.
ދަނޑުވެރިންނަށް ޚާއްސަ ދަނޑުވެރިނަފާ ލޯނުގައި ދެ ކެޓެގްރީއެއް ހިމެނެއެވެ. އެއީ، އެއް ލައްކަ ރުފިޔާއާ ހަމައަށް ނެގޭ ލޯނަކާއި އެއް ލައްކައިން ފެށިގެން ދެ މިލިޔަނާ ހަމައަށް ދޫކުރާ ލޯނެވެ. މިއިން ކޮންމެ ލޯނަކަށް ވެސް އަހަރަކު ނަގާނީ ހަ އިންސައްތައިގެ އިންޓަރެސްޓެކެވެ.
ނަމަވެސް، އެއް ލައްކަ ރުފިޔާއާ ހަމައަށް ނެގޭ ލޯނު ދެއްކުމަށް އެންމެ ދިގު މުއްދަތަކަށް ކަނޑައަޅާފައިވަނީ ތިން އަހަރެވެ. އަދި، ދެ މިލިޔަނާއި ހަމައަށް ދޫކުރާ ލޯނު ދެއްކުމަށް ދެނީ ގިނަވެގެން ހަތް އަހަރެވެ.

ކިޔުންތެރިންގެ ހިޔާލު