ރައީސް ޑރ. މުޙައްމަދު މުއިއްޒަށް ސޯޝަލް މީޑިއާގައި މަރުގެ އިންޒާރުދިން މީހާގެ ބަންދަށް 10 ދުވަސް ޖަހައިފިއެވެ.

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އޭގެ ވިޔަފާރިކުރާ މީހުންނަށް މަރުގެ އަދަބުދެވޭ ގޮތަށް ގާނޫނު އިސްލާހުކުރަން ރައީސް ޑރ. މުހައްމަދު މުޢިއްޒު ނިންމެވިކަން ހާމަކުރެއްވުމާ ގުޅިގެން އޭނާ ވަނީ ސޯޝަލް މީޑިއާގައި ހަޑިހުތުރުބަހުން ޕޯސްޓުކޮށްފައެވެ.

މަސީހް މޫސާގެ ނަމުގައި ހިންގާ ފޭސްބުކް އެކައުންޓަކުން ވަނީ އެންމެ ފުރަތަމަ ރައީސް --- ޖެހޭކަމަށް ބުނެ ރައީސް މުޢިއްޒުއަށް އިންޒާރުދީފައެވެ.

އެ މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައުމާއި ގުޅިގެން ފުލުހުންވަނީ މައްސަލަ ބަލަން ފަށާފައެވެ. އަދި އިއްޔެ އޭނާ ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖެހުމަށްވަނީ ކޯޓަށް ހާޒިރުކޮށްފައެވެ.

އަދި ކޯޓުން މިއަދުވަނީ 10 ދުވަހަށް އޭނާ ބަންދުކުރަން މުއްދަތު ޖަހައިދީފައެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ތ. ތިމަރަފުށީ މަލަސް، މަސީހް މޫސާއެވެ.



ކިޔުންތެރިންގެ ހިޔާލު