ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒަށް މަރުގެ އިންޒާރުދިން މައްސަލަ ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ.
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އޭގެ ވިޔަފާރިކުރާ މީހުންނަށް މަރުގެ އަދަބުދެވޭ ގޮތަށް ގާނޫނު އިސްލާހުކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ނިންމިކަން އިއްޔެ ހާމަކުރެއްވުމާއި ގުޅިގެން މީހަކު ވަނީ ސޯޝަލް މީޑިއާގައި ރައީސަށް މަރުގެ އިންޒާރުދީފައެވެ.
މަސީހް މޫސާ ނަމުގައި ހިންގާ ފޭސްބުކް އެކައުންޓަކުން ވަނީ އެންމެ ފުރަތަމަ ރައީސް *** ޖެހޭކަމަށް ބުނެ ރައީސް މުޢިއްޒުއަށް އިންޒާރުދީފައެވެ.
އެ މައްސަލައާ ގުޅިގެން ދިވެހި ފުލުހުންގެ ހިދުމަތުން މިރޭ ބުނީ ސޯޝަލް މީޑިއާގައި ރައީސުލްޖުމްހޫރިއްޔާއަށް ނިސްބަތްކޮށް މަރުގެ އިންޒާރު ދިން މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ.
ނަމަވެސް މިހާތަނަށް މި މައްސަލާގައި މީހަކު ހައްޔަރުކުރިކަމެއް ނުވަތަ ނޫންކަމެއް ފުލުހުންގެ އިދާރާއިން ބުނެފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު