މާވަށު މޫސާ އިބްރާހިމް މަރާލި މައްސަލައިގައި ހައްޔަރުކުރި މުހައްމަދު އިބްރާހިމް
މާވަށު މޫސާ އިބްރާހިމް މަރާލި މައްސަލައިގައި ހައްޔަރުކުރި މުހައްމަދު އިބްރާހިމް
ލ މާވަށުގައި މިއަދު ހެނދުނު ޒުވާނަކަށް ވަޅިން ހަމަލާދީ މަރާލި މައްސަލަައިގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.

މިއަދު ހެނދުނު ވަޅިން ހަމަލާދިނުމުގެ ސަބަބުން މަރުވެފައިވަނީ ލ. މާވަށު ނަލަހިޔާ، އުމުރުން 29 އަހަރުގެ މޫސާ އިބްރާހިމްއެވެ.

އެރަށުން ވާހަކަ ދެއްކި މީހަކު ބުނީ މޫސާ އިބްރާހިމަށް ހަމަލާދީނީ އޭނާ ރަށު ވޮލީ ކޯޓް ކައިރީ ހުއްޓާކަމަށެވެ. އަދި އޭނާއަށް ވަޅިން ހަމަލާދީފައިވަނީ ފަހަތުން އައިސް ނޭނގި ހުއްޓާ ކަރަށް ކަމަށްވެސް ރަށުން ވާހަކަ ދެއްކި މީހާ ބުނެފައިވެއެވެ.

މޫސާ އިބްރާހިމަށް ވަޅިން ހަމަލާދީފައިވަނީ އެރަށައް އައިސް އުޅުނު އެހެން ރަށެއްގެ މީހެކެވެ.

ފުލުހުންގެ ޚިދުމަތުން ބުނީ މޫސާ އިބްރާހިމަށް ހަމަލާދީ މަރާލި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ހދ. ނޮޅިވަރަންފަރު، އަސަރީ މަންޒިލް، އުމުރުން 29 އަހަރުގެ މުހައްމަދު އިބްރާހިމް ކަމަށެވެ. މި މާރާމާރީއަކި ދެމީހުންގެ ދެމެދުގައި ހިނގި މާރާމާރީއެއްކަން އެނގިފައިވާކަމަށް ފުލުހުން ބުނެއެވެ.



ފުލުހުން ބުނީ މިޙާދިސާގެ މައްސަލަ ފުލުހުންނަށް ރިޕޯރޓް ކުރީ މިއަދު ހެނދުނު 10:12 ހާއިރު ކަމަށެވެ. އަނިޔާވި ޒުވާނާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު