އަޙްމަދު ނާފިޢު، ސްޓެއްލާ، އދ. އޮމަދޫ
އަޙްމަދު ނާފިޢު، ސްޓެއްލާ، އދ. އޮމަދޫ
ދިރިއުޅޭ ކޮޓަރީގައި މަސްތުގެ ޙާލުގައިހުރެ ރޯކުރި މީހަކު އޮމަދޫން ހައްޔަރުކޮށްފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ބުނީ، އދ. އޮމަދޫގައި މަސްތުގެ ޙާލުގައި ހުރިކަމަށް ބެލެވޭ މީހަކު، އޭނާ ދިރިއުޅޭ ގޭގެ ތަކެއްޗަށް ގެއްލުންދީ ހަޑިހުތުރު ބަހުން މުއާމަލާތް ކުރަމުން ގޮސްފައިވާތީ ރޭ 21:27 ހާއިރު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

މިމައްސަލާގައި ހައްޔަރުކުރީ އެރަށު ސްޓެއްލާ 32 އަހަރުގެ އަހުމަދު ނާފިއުއެވެ.

ފުލުހުން ބުނީ ނާފިޢު ދިރިއުޅޭ ކޮޓަރީގައި އަލިފާން ރޯކޮށްލި ނަމަވެސް މީހަކަށް އަނިޔާ ނުވާކަމަށެވެ. ނަމަވެސް ކޮޓަރީގައި ހުރި ގިނަ އަދަދެއްގެ ތަކެތި ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާ ކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.

ފުލުހުން ބުނީ މިމައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު