މިޤައުމުގެ ކޮންމެ އަކައިންޗިއެއްވެސް ބަލަހައްޓާނީ އަޅުގަނޑުމެން އަމިއްލައަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑޮކްޓަރ މުޙައްމަދު މުއިއްޒު، މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ ފަޚުރުވެރި މިނިވަން ދުވަހުގެ މުނާސަބަތުގައި، ދިވެހި ސިފައިންނާއި ދިވެހި ފުލުހުންނާ ބައްދަލުކުރައްވައި މިއަދު ދެއްކެވި ވާހަކަފުޅުގައެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދިވެހިރާއްޖެއަކީ ފަޚުރުވެރި މިނިވަން ޤައުމެއް ކަމަށާއި މިޤައުމުގެ ކޮންމެ އަކައިންޗިއެއް ބަހަލައްޓާނީ ދިވެހިން އަމިއްލައަށް ކަމަށެވެ.
ދިވެހި ސިފައިންނާއި ފުލުހުންނަށް ސަރުކާރުން ޚާއްޞަ އިސްކަމެއްދެއްވާކަން ފާހަގަކުރައްވައި ރައީސުލްޖުމުހޫރިއްޔާ ވަނީ، އެކަމާ ބައެއް ފަރާތްތަކުން ސުވާލު އުފައްދަވާކަން ފާހަގަކުރަށްވާފައެވެ. އެމަނިކުފާނު ވިދާޅުވީ ދިވެހި ޤައުމު އަބަދުވެސް އޮންނަންޖެހޭނީ ރައްޔިތުން ހިމާޔަތް ކުރުމަށް ތައްޔާރަށްކަމަށެވެ. ރާއްޖޭގެ ވަށައިގެންވާ ކަނޑުގެ ސަރަޙައްދު ބޮޑުކަން ފާހަގަކުރައްވައި، އާބާދީ ކިތަންމެ ކުޑަނަމަވެސް ޤައުމުގެ ކަންކަން ބަލަހައްޓާނީ އަޅުގަނޑުމެން އަމިއްލައަށް ކަމަށް އެމަނިކުފާނުގެ ވާހަކަފުޅުގައި ތަކުރާރުކޮށް ވިދާޅުވިއެވެ.
ހަމައެއާއެކު ފަންނީގޮތުންނާއި ތަކެތީގެ ގޮތުން އެހެން ޤައުމުތަކުގެ އެހީތެރިކަން ހޯއްދަވަންޖެހޭނެކަން ފާހަގަކުރައްވައި ރައީސުލްޖުމުހޫރިއްޔާ ވިދާޅުވީ އެކަމުގައި ސަރުކާރު އޮންނާނީ ހުރިހާ ޤައުމަކާއިވެސް އެކުގައި ކަމަށެވެ. ނަމަވެސް، އެހެން ބަޔަކު އައިސް ދިވެހި ޤައުމުގެ ކަންކަމާއި ޙަވާލުވުމަކީ ސަރުކާރުގެ ސިޔާސަތެއް ނޫންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ހަމައެހެންމެ ދިވެހި ކޮންމެ ރައްޔިތެއްގެ ހިތުގެ އަޑިން، ދިވެހިރާއްޖެ މިނިވަން ކޮށްދެއްވުމަށް މަސައްކަތްކުރެއްވި ޤައުމީ އަބުޠާލުން ވެވަޑައިގެންނެވި މަތިވެރި ޤުރުބާނީއަށް ޝުކުރުވެރިވާންޖެހޭ ކަމަށާއި، އަންނަން އޮތް ޖީލަށް ޤައުމު މިނިވަންކަންމަތީ، ސަލާމަތްތެރިކަމާއި އެކީ ފޯރުކޮށްދިނުމުގެ ޒިންމާ އޮތްކަން ހަދާންކުރަންޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.
އޭގެއިތުރުން ދިވެހިރާއްޖެއަކީ މިނިވަންކަމާއެކު ދިގު މާޒީއެއް ހޭދަކުރި ޤައުމެއްކަމަށާއި މިނިވަންކަން ގެއްލިގެންދިޔަ މަދުފަހަރެއްގައި، އެ މިނިވަންކަން ހޯއްދެވުމުގައި ޤައުމުގެ އަސްކަރީ ބާރާއި ސަލާމަތީ ޚިދުމަތްތަކުން ކުރެއްވި މަސައްކަތް ރައީސް ފާހަގަކުރެއްވިއެވެ.
އަދި ސަރުކާރުގެ އެންމެ އިސްވާޖިބަކަށް ވާންޖެހޭނީ ސިފައިންނަށާއި ފުލުހުންގެ މުޢައްސަސާ ކުރިއެރުވުމަށްޓަކައި ކޮށްދޭންޖެހޭ ކަންކަމަށް އިސްކަންދެއްވުންކަން ފާހަގަކުރައްވައި ރައީސުލްޖުމުހޫރިއްޔާ ވިދާޅުވީ މިސަރުކާރު އެގޮތުގައި ދެމިއޮންނާނެ ކަމަށާއި އެއީ އެމަނިކުފާނަށް ލިބިވަޑައިގަންނަވާ ފަޚުރެއްކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު