ދިވެހިރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް
ދިވެހިރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް
މިނިވަން ޤައުމެއްގެ ގޮތުގައި ދެމިއޮތުމަށްޓަކައި އެންމެ މުހިންމީ ޤައުމާއި ފަރުދުންގެ ފުދުންތެރިކަން އިތުރު ކުރުން ކަމަށް ދިވެހިރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ ފަޚުރުވެރި މިނިވަންދުވަހުގެ މުނާސަބަތުގައި މީސްމީޑިއާގައި ޙިއްސާ ކުރެއްވި މެސެޖެއްގައެވެ. އެގޮތުން ރައީސް ޞާލިޙް ވަނީ ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭ އުފާވެރި ދުވަހުގެ ތަހުނިޔާ އެންމެހާ ދިވެހި ރައްޔިތުންނަށް އަރިސްކުރަށްވާފައެވެ.

“ފުރިހަމަ މިނިވަން ޤައުމެއްގެ ގޮތުގައި ދެމި އޮތުމަށް، ޤައުމާއި ރައްޔިތުންގެ ފުދުންތެރިކަން އިތުރު ކުރުމަކީ ކުރަންޖެހޭނެ ކަމެއް.” ރައީސް ޞާލިޙްގެ މެސެޖުގައިވެއެވެ.



އޭގެ އިތުރުން ރައީސް ޞާލިޙް ވަނީ، ދިވެހީންނަކީ އަބަދުވެސް ދިވެހިންގެ ކަންކަމުގައި އެންމެ ފަހު ބަސް ބުނާ، އަދި ޤައުމިއްޔަތުގެ ނަވުގެ މަންޒިލު އަމިއްލައަށް ކަނޑައަޅާ، އަދި ކުރިމަގު އަމިއްލައަށް ކޮށައި ބައްޓަންކުރާ ބަޔެއްގެ ގޮތުގައި އަބަދުމެ ލެއްވުން އެދި ދުޢާ ކުރަށްވާފައެވެ.

ދިވެހިރާއްޖޭގެ މިނިވަން ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް ޖުލައިމަހުގެ 26 ވަނަ ދުވަހެވެ. ދިވެހިރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބިފައި ވަނީ 26 ޖުލައި 1965 ގައެވެ.



ކިޔުންތެރިންގެ ހިޔާލު