މިއަދު ހަވީރު 6 ގެ ފަހުން ގްރީން ޒޯނުގައި ޕާކުކޮށްފިނަ ޓޯ ކުރާނެ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.
ފުލުހުން މިއަދު ވަނީ ގްރީން ޒޯނުގެ މަގުތަކުގައި ޕާކުކޮށްފައި ހުރި ހުރިހާ އުޅަނދެއް މިއަދުގެ ހަވީރު 6:00 ކުރިން ނެގުމަށް އަންގާފައެވެ. އަދި އޭގެ ފަހުން އެ ސަރަހައްދުތަކުގައި ނުނަގައި ހުންނަ އުޅަނދުތައް އެހެން ސަރަހައްދަކަށް ބަދަލުކުރުމާއި، ގަވާއިދާ ހިލާފަށް ޕާކްކޮށްފައިވާ އުޅަނދުތައް ޓޯކުރާނެ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.
އުޅަނދުތައް ނަގަން ފުލުހުން އަންގާފައިވާ މަގުތަކަކީ، ބޮޑުތަކުރުފާނު މަގު (ބީއެމްއެލްއިން ފެށިގެން ލޯކަލް މާރުކޭޓާ ހިސާބަށް)، އަމީރު އަހުމަދު މަގު (މަޖީދިއްޔާ ސްކޫލާ ހިސާބަށް)، މެދުޒިޔާރަތް މަގު، ރައްޔިތުންގެ މަޖިލިހުގެ އިދާރާގެ ވަށައިގެންވާ މަގުތައް، ޗާނދަނީ މަގު (ލީލީ މަގާ ގުޅޭ ކަންމަތިން ފެށިގެން ޖުމްހޫރީ މައިދާނާ ހަމައަށް) އަދި ލިލީ މަގު (ސަލްޓަން ޕާކު ހިމެނޭ ސަރަހައްދު) އެވެ.
އުޅަނދުތައް ނެގުމަށް ފުލުހުން އަންގާފައިވާއިރު، ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުން ކުލަގަދަކޮށް ފާހަގަކުރުމަށް، ފުޅަނދުބުރާއެކު މާލޭގައި ގިނަ ހަރަކާތްތަކެއް ބޭއްވުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އަދި އެ މުނާސަބާ ކުލަގަދަކޮށް ފާހަގަކުރުމަށްޓަކައި މާދަމާއިން ފެށިގެން އަންނަ ހޯމަ ދުވަހާ ހަމައަށް ސަރުކާރު އޮފީސްތައް ވަނީ ބަންދު ކޮށްފައެވެ.
މިނިވަން ދުވަހު ބޭއްވުމަށް ރާވާފައިވާ ހަރަކާތްތަކުގެ ތެރޭގައި ޖުލައި 26 ވަނަ ދުވަހު ހެނދުނު ޖުމްހޫރީ މައިދާނުގައި ދިދަ ނެގުމާއި އެ ދުވަހުގެ ހަވީރު ޖުމްހޫރީ މައިދާނުގައި ހެވިކަމާއި ކުޅިވަރުގެ ހަރަކާތްތައް ކުރިއަށް ގެންދިއުން ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު