ސަރުކާރުގެ ސިޔާސަތުތަކާމެދު ދެބަސްވިނަމަވެސް، ހިޔާލު ފާޅުކުރަންޖެހޭނީ ވަކި ހައްދެއްގެ މަތިން ކަމަށް ކުރީގެ ޖަސްޓިސް މިނިސްޓަރ މުހައްމަދު މުއިއްޒު އަދުނާން ވިދާޅުވެއްޖެ އެވެ.
މުއިއްޒު މިހެން ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު, ނ. ކުޑަފަރީއަށް އިއްޔެ ވަޑައިގެންނެވި ވަގުތު އެ ރަށުގެ އަންހެނަކު އެމަނިކުފާނުގެ ކުރިފުޅުމަތީ ހުތުރު ބަހުން ވާހަކަ ދައްކާފައި ވަނިކޮށެވެ. އެ އަންހެން މީހާ ވަނީ ވަރަށް ގަދަ އަޑުން ހުތުރު ބަސްތަކެއް ރައީސަށް އަމާޒު ކޮށްފައެވެ.
މިކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި މުއިއްޒު ވިދާޅުވީ ކުޑަފަރީން ފެނުނު މަންޒަރަކީ ވަރަށް ނާތަހުޒީބު، ގޮތްނެތް މަންޒަރެއް ކަމަށެވެ. އަދި ދިވެހި ގައުމުގެ ރައީސުލްޖުމްހޫރިއްޔާއާ މުހާތަބުކޮށް އެމަނިކުފާނުގެ ކުރިފުޅުމަތީ އެފަދަ ކަމެއް އެއްގޮތަކަށް ވެސް ހިންގިޔަދީގެން ނުވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މުއިއްޒު އިތުރަށް ވިދާޅުވީ ކޮންމެ ބޭފުޅަކު ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނެވިޔަސް އެ މަގާމު ރަމްޒުކޮށްދެނީ ދިވެހި ދައުލަތް ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ތަމްސީލު ކޮށްދެއްވަނީ މުޅި ދިވެހި ރައްޔިތުންނާއި ގައުމު ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"މިނިވަންކަމަކީ ގޮތްނެތް ކަމެއް ނޫނެވެ. ޑިމޮކްރަސީ އަކީ ހިތުހުރިހާ ގޮތަކަށް އުޅުއްމެއް ވެސް ނޫނެވެ," މުއިއްޒު ވިދާޅުވިއެވެ.
ރައީސްގެ ނުވަތަ ސަރުކާރުގެ ސިޔާސަތުތަކަށް ނުވަތަ ސަރުކާރުން ކުރާ ކަންތައްތަކަށް ފާޑުކިޔާ ދެބަސް ވެސް ވެވިދާނެކަން ފާހަގަ ކުރަމުން މުއިއްޒު ވިދާޅުވީ އެހެންނަމަވެސް އެކަންތައް ކުރަންޖެހޭނީ ވަކި ހަމަތަކަކާ ހުދޫދެއްގެ ތެރޭގައި ކަމަށެވެ.
އަދި ކޮންމެ ކަމަކަށް ވެސް ތަނަކާއި، ވަގުތަކާއި، ގޮތެއް ވާކަމަށާއި، އެފަދަ ބޭއަދަބީ، ގޮތެއް ފޮތެއްނެތް އަމަލުތައް ކުރާ މީހުނާމެދު ފިޔަވަޅެއްް ނޭޅުމަކީ އޭގެ ނުރަނގަޅު އަސަރު މުޅި މުޖުތަމައަށްކޮށް އިޖުތިމާއީ ފޭރާން އިތުރަށް ވީދޭނޭ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު