ނ. ފޮއްދޫ ފުލުހުންގެ މަރުކަޒު އިމާރާތް ކުރުމަށް މިއަދު ބިންގާ އަޅައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި، ކެބިނެޓު ބައެއް ވަޒީރުންނާއި، ދައުލަތުގެ ބައެއް އިސްވެރިން ނ. އަތޮޅުގެ ރަށްރަށަށް މިއަދު ފަށްޓަވާފައިވާ ދަތުރުފުޅުގައި މިހާރު ވަނީ ފޮއްދޫއަށް ވަަޑައިގެންފައެވެ.
އެގޮތުން ފޮއްދޫ ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅުއްވައިދެއްވީ ހޯމްލޭންޑް މިނިސްޓަރ އަލީ އިހުސާނެވެ. ސަރުކާރުން މި މަސައްކަތް ހަވާލުކޮށްފައި ވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އަށެވެ.
ދާޚިލީ ވުޒާރާއިން ބުނީ މިއީ ރާއްޖޭގެ ހުރިހާ ރަށަކަށް ފުލުހުންގެ ހިދުމަތް ފުޅާ ކުރެއްވުމަށް ރައީސް މުއިއްޒު ގެންގުޅުއްވާ ތަޞައްވުރުގެ ދަށުން ކުރިޔަށް ގެންދާ މަޝްރޫއެއް ކަމަށެވެ.
ސަރުކާރުގެ އަމާޒަކީ 2026 ވަނަ އަަހަރުގެ ނިޔަލަށް ރާއްޖޭގެ ކޮންމެ ރަށަކީ ވެސް ފުލުހުންގެ ހިދުމަތް ގާއިމުވެފައިވާ ރަށަކަށް ހެދުން ކަމަށް ދާޚިލީ ވުޒާރާއިން މީގެކުރިން ވަނީ ބުނެފައެވެ. އެގޮތުން މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި 23 ރަށެއްގައި ފުލުހުންގެ ޕޯސްޓުތައް ހުޅުވައި، މިހާރު ވަނީ ހިދުމަތް ދޭން ފަށާފައެވެ.

ކިޔުންތެރިންގެ ހިޔާލު