ހދ. ކުޅުދުއްފުށި / ލީޑް، މުޙައްމަދު ހުމާމް ޙަސަން ނަޢީމް (29އ) އާއި މާލެ / މ. އަރޫދާގެ، އަބްދުﷲ އިބްރާހިމް (53އ)
ހދ. ކުޅުދުއްފުށި / ލީޑް، މުޙައްމަދު ހުމާމް ޙަސަން ނަޢީމް (29އ) އާއި މާލެ / މ. އަރޫދާގެ، އަބްދުﷲ އިބްރާހިމް (53އ)
ވައިގެ މަގުން ކުޅުދުއްފުށި ސިޓީއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ދެމީހަކު ހައްޔަރުކޮށްފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ބުނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ކުޅުދުއްފުށި ސިޓީ ޕޮލިސް ގުޅިގެން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައިވަނީ ހދ. ކުޅުދުއްފުށި ލީޑް، މުޙައްމަދު ހުމާމް ޙަސަން ނަޢީމް (29އ) އާއި މާލެ މ. އަރޫދާގެ، އަބްދުﷲ އިބްރާހިމް (53އ) ކަމަށެވެ.

އެ ދެމީހުން ވެސް ހައްޔަރުކޮށްފައިވަނީ ކުޅުދުއްފުށީ އެއަރޕޯޓް ސަރަހައްދުންނެވެ.

މި ޖުލައި މަހުގެ 18 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި އެ ދެމީހުން ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ތިން ރަބަރު ޕެކެޓާއި ޖޫސްޕެޓީ ކޮތަޅެއް ފެނިފައިވާ ކަމަށާއި، މި ތަކެތީގެ ވަގުތީ ބަރުދަނަކީ 52.2 ގުރާމް ކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ޙާޟިރުކުރުމުން ހުމާމް ޙަސަން ނަޢީމަށް 10 ދުވަސް އަދި ޢަބްދުﷲ އިބްރާހީމަށް 15 ދުވަހުގެ ބަންދުގެ މުއްދަތެއް ވަނީ ދީފައެވެ.

ފުލުހުން ބުނީ މި މައްސަލަ ކުޅުދުއްފުށި ސިޓީ ޕޮލިހުން ތަޙުޤީޤު ކުރަމުންދާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު