އުމުރުން 12 އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.

މައްސަލައިގެ ގޮތުން ކުއްޖާ ނިސްބަތްވާ ރަށް ހާމަނުކޮށް ފުލުހުން ބުނީ، މި ހާދިސާ ހިނގާފައިވަނީ ސައުތު ޕޮލިސް (ގއ. ގދ. އައްޑޫ ސިޓީ) ހިމެނޭ ރަށެއްގައި ކަމަށެވެ.

ފުލުހުން ބުނީ 12 އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް، އިތުބާރުހުރި މަގާމެއްގައި ހުރި މީހަކު ޖިންސީ ގޯނާ ކުރި މައްސަލައެއް ފުލުހުންނަށް ހުށަހެޅިގެން ބަލަމުން ދާކަމަށެވެ. އެގޮތުން މި މައްސަލަ ތަހުގީގު ކުރަމުން ދަނީ ރަށުގެ ޕޮލިހާއި ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ގުޅިގެންކަމަށް ފުލުހުންވަނީ ބުނެފައެވެ.

މި މައްސަލަ ފުލުހުންނަށް ހުށަހެޅީ މި މަހުގެ 16 ވަނަ ދުވަހުއެވެ.

ކުޑަކުދިންނަށް ޖިންސީގޯނާ ކުރުންފަދަ މައްސަލަތަކަކީ ސީރިއަސް މައްސަލަތަކުގެ ގޮތުގައި ފުލުހުން ބަލަމުންދާ މައްސަލަތަކެކެވެ. މި ފަދަ މައްސަލަތަކުގައި ވަނަވަރު އާންމު ކުރުމަކީ ގާނޫނީ ކުށެކެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް