ހަށިގަނޑުގެ ދުޅަހެޔޮކަމަށް އެތައް މާއްދާތަކެއް ބޭނުންވެއެވެ. މި މާއްދާތަކުގެ ތެރެއިން ޕްރޮޓީނަކީ ހަށިގަނޑުގެ ބައިތައް ބިނާކުރުމަށް، މަރާމާތުކުރުމަށް އަދި ދުޅަހެޔޮކަމަށްޓަކައި ވަރަށް މުހިންމު ދައުރެއް އަދާކުރާ މާއްދާއެކެވެ.
މަސްތަކާއި ކަށިތަކާއި ހަންގަނޑާއި އިސްތަށިގަނޑު އަދި ނިޔަފަތިފަދަ ބައިތައް ހެދި ބޮޑުވުމަށް ޕްރޮޓީން ބޭނުންވެއެވެ. އަދި ހަމައެހެންމެ، ހަށިގަނޑުގެ ތެރޭގައި ހިންގާ އެކި ބަދަލުތަކާއި ކެމިކަލް ރިއެކްޝަންތަކަށް ވެސް ޕްރޮޓީން މުހިންމެވެ. އެހެންކަމުން، ހަށިގަނޑަށް ބޭނުންވާ މިންވަރަށް ޕްރޮޓީން ލިބޭނެ ގޮތަކަށް ކެއުން ބައްޓަންކުރުމަކީ ވަރަށް މުހިންމު ކަމެކެވެ.
ތިރީގައި މި ހިމަނާލަނީ ހަށިގަނޑަށް ޕްރޮޓީން އެތެރެކުރަން ބޭނުންވާނަމަ ކާންވީ ބައެއް ބާވަތްތަކެވެ.
މުގު
މުގަކީ ވަރަށް ފައިދާހުރި "ޕްލާންޓް ބޭސްޑް" ޕްރޮޓީން އެކެވެ. މީގައި ގިނަ އަދަދަކަށް ފައިބާ، ވިޓަމިން އަދި މިނަރަލްތައް އެކުކެވެއެވެ. މި ކެއުމުން މީހާގެ މަސްތައް މަރާމާތު ކޮށްދީ އަދި ހަޖަމުގެ ނިޒާމު ހަރުދަނާ ކޮށްދެއެވެ.
ބިސް
ބިހަކީ ފަސޭހައިން ލިބެން ހުންނަ އަދި ހަށިގަނޑަށް ބޭނުންވާ ހުރިހާ އެމިނޯ އެސިޑްތަކެއް ހިމެނޭ ފުރިހަމަ ޕްރޮޓީންގެ މަސްދަރެކެވެ. ހެނދުނުގެ ނާސްތާއަށް ބިސް ބޭނުންކުރުމަކީ ދުވަހުގެ ފެށުން ރަނގަޅު ކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ. މި ކެއުމުން މަސްތައް މަރާމާތު ކޮށްދީ، ސިކުނޑީގެ ސިއްހަތު ރަނގަޅު ކޮށްދެއެވެ.
އަލްމަންޑު
އަލްމަންޑަކީ ގިނަ އަދަދަކަށް ޕްރޮޓީން، ފައިދާހުރި ފެޓު، އަދި ފައިބަރު އެކުލެވޭ ބަދަނުގެ ބާވަތެކެވެ. މި ކެއުމުން މަސްތައް މަރާމާތު ކޮށްދީ، ހިތުގެ ސިއްހަތު ރަނގަޅު ކުރުމަށް އެހީވެދެއެވެ. އަދި ހަމަ އެހެންމެ، މި ކެއުމުން ސިކުނޑީގެ ސިއްހަތުވެސް ރަނގަޅު ވެއެވެ.

ކިޔުންތެރިންގެ ހިޔާލު