މާލޭގެ މަގެއްގައި ކަނޑިއާއި ވަޅި ހިފައިގެން އުޅުނު ދެ މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ގދ. ހޯނޑެއްދޫއަށް ނިސްބަތްވާ 33 އަހަރުގެ ފިރިހެނަކާއި އައްޑޫ މީދޫއަށް ނިސްބަތްވާ 21 އަހަރުގެ ފިރިހެނެކެވެ.
ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ބުނީ މި ދެމީހުން ހައްޔަރުކުރީ އާންމުތަނެއްގައި ތޫނު ހަތިޔާރު ގެންގުޅުނު މައްސަލައެއްގައި ކަމަށެވެ. އެގޮތުން އެ މީހުން އަތުން ކަނޑިއާއި ވަޅިއާއި އޮޕަރޭޝަން ކުރާން ބޭނުންކުރާ ޒާތު ވަޅިއެއް ފެނިފައިވާ ކަމަށް އަމުރުގައި ވެއެވެ.
އަދި ފުލުހުން ފެނުމުން އެ މީހުން އަތުގައި އޮތް ވަޅި ބިންމައްޗަށް ވައްޓާލިކަމަށްވެސް ކޯޓު އަމުރުގައިވެއެވެ.
އެ ތަނުން 21 އަހަރުގެ މީހާ ކޯޓުގައި ބުނީ އެ ކަމުގައި އޭނާގެ ބައިވެރިވުމެއް ނެތް ކަމަށާއި އެތަނުގައި މަޑުކޮށްގެން ހުރީ ސާޖިކަލް ނައިފް ކަނޑަންދެން އަލިކޮށްދޭން ބުނުމުން ކަމަށެވެ.
މި ދެ މީހުންނަކީވެސް ކުށުގެ ރެކޯޑު އޮންނަ ދެމީހުންނެވެ. ދެމީހުންގެ ބަންދަށްވެސް ކްރިމިނަލް ކޯޓުން ވަނީ 15 ދުވަސް ޖަހާފައެވެ.

ކިޔުންތެރިންގެ ހިޔާލު