ޒުވާނާ ކެނޯގައި އެރީ ދުވާފަރަށް
ޒުވާނާ ކެނޯގައި އެރީ ދުވާފަރަށް
ރ. އަތޮޅުގެ ރިސޯޓަކުން ކެނޯއެއްގައި ނުކުތް ދިވެއްސެއް ގެއްލިގެން ހޯދަމުން ދަނިކޮށް ފެނިއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މީހާއަކީ ރ. އަތޮޅުގައި ހިންގާ ޔޫއެންމީ ރިސޯޓުގައި މަސައްކަތް ކުރާ މުވައްޒަފެކެވެ. އަދި އޭނާ ފެނިފައިވަނީ ކެނޯގައި ދުވާފަރަށް ދެވުމުން އެ ރަށުންކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

ފުލުހުން ބުނީ، އެ މީހާ ސަލާމަތުން ދުވާފަރަށް ފޯރި ކަމަށާއި އެ މީހާގެ ހާލު ވެސް ރަނގަޅު ކަމަށެވެ.

ނަމަވެސް މި ހާދިސާ މެދުވެރިވާން ދިމާވި ސަބަބެއް އަދި އެނގިފައެއް ނުވެއެވެ. މި ދުވަސްވަރަކީ ރާއްޖެއަށް މޫސުން ގޯސް ދުވަސްވަރެއްކަމުން މޫސުމާ ބެހޭ ގައުމީ އިދާރާއިން ދަނީ ކަނޑުދަތުރުކުރުމުގައި ސަމާލުވުމަށް އިލްތިމާސް ކުރަމުންނެވެ.

މި މީހާ ގެއްލިގެން ހޯދަމުން ދާކަމަށް ފުލުހުންނަށް ރިޕޯޓު ކުރީ މިރޭ 8:34 އެހާއިރެވެ. އެ ވަގުތުން ފެށިގެން އެ މީހާ ހޯދުމުގެ މަސައްކަތް ކުރަމުން ގެންގޮސްފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު