ފްރޯޑުގެ މައްސަލައަކާ ގުޅިގެން ސުވާލުކުރުމަށް ދެ ބިދޭސީއަކު ހޯދަން މޯލްޑިވްސް ޕޮލިސް ސާވިސް އިން އިއުލާން ކޮށްފިއެވެ.
ފުލުހުން ސޯޝަލް މީޑިއާގައި ހިއްސާ ކުރި ޕޯސްޓެއްގައި ބުނީ "ފްރޯޑް އެންޑް ފައިނޭންޝަލް އިންވެސްޓިގޭޝަނުން" ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް ދެ މީހަކު ހާޒިރުކުރަން ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއި މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރާ ކަމަށެވެ.
އެގޮތުން މި މައްސަލައާ ގުޅިގެން ފުލުހަށް ހާޒިރުވާން އަންގާފައިވަނީ ބަންގްލަދޭޝްގެ ދެ ރައްޔިތުން ކަމަށްވާ މުޙައްމަދު އަސަދު (35އ) އަށާއި މުޙައްމަދު ތޮޔޮބުރު (31އ) އަަށެވެ.
މި ދެމީހުންވެސް ފުލުހަށް ހާޒިރުވާން އަންގާފައިވަނީ، މައްސަލައިގެ ތަހުގީގަށް ސުވާލު ކުރުމަށެވެ.
އަދި ދެމީހުންވެސް ހާޒިރު ވާން ޖެހެނީ މި މަހުގެ 15 ވަނަ ދުވަހުގެ 11:00 އަށް، ސާޖަންޓް އާދަމް ޙަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގަށެވެ.

ކިޔުންތެރިންގެ ހިޔާލު