މެއި މަހު އެންސްޕާއިން ބޭސްފަރުވާއަށް 14.2 މިލިއަން ރުފިޔާ ޚަރަދުކޮށްފިއެވެ.
ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ، އެންސްޕާއިން ޢާއްމު ކޮށްފައިވާ މެއި މަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން، މިދިޔަ މެއިމަހު އޭޑީކޭ ހޮސްޕިޓަލާއި ޓްރީ ޓޮޕް ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދިން މީހުންނަށް 7.4 މިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.
އެގޮތުން މެއި މަހު އޭޑީކޭ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދިން 190 މީހަކަށް 3.2 މިލިއަން ރުފިޔާ ޚަރަދު ކޮށްފައިވެއެވެ. އަދި ޓްރީ ޓޮޕް ހޮސްޕިޓަލުން ފަރުވާދިން 334 މީހަކަށް 4.1 މިލިއަން ރުފިޔާ އެންސްޕާއިން ޚަރަދު ކޮށްފައިވެއެވެ.
އޭޑީކޭ ހޮސްޕިޓަލުން އެނދުމަތިކޮށްގެން ފަރުވާދިން މީހުންގެ ތެރެއިން އެންމެ ބޮޑު ޚަރަދެއް ހިނގާފައިވަނީ، ހިތުގެ ބަލިތަކުގެ މީހުންނަށެވެ. ހިތުގެ ބަލީގެ 14 މީހަކަށް 994،871 ރުފިޔާ އެންސްޕާއިން ހަމަޖައްސައިދީފައިވެއެވެ.
ހަމައެއާއެކު ޓްރީ ޓޮޕް ހޮސްޕިޓަލުން އެނދުމަތިކޮށްގެން ޚިދުމަތްދިން މީހުންގެ ތެރެއިން ކަށީގެ ބަލިތަކަށް ފަރުވާދިން 53 މީހަކަށް 1،221،484 ރުފިޔާ އެންސްޕާއިން ވަނީ ހަމަޖައްސައިދީފައެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން އެންސްޕާއިން މެއި މަހުގެ ނިޔަލަށް މުޅި ޖުމުލަ 121 މިލިއަން ރުފިޔާ ބޭސްފަރުވާގެ އެހީގެ ގޮތުގައި ހަމަޖައްސައިދީފައިވެއެވެ.

މޭ 2025 ގައި ބޭސްފަރުވާގެ ޚަރަދުކުރުމަށް ދަތިވާ ފަރާތްތަކަށް ބޭސްފަރުވާގެ އެހީގެ ޕްރޮގްރާމް މެދުވެރިކޮށް ކުރެވިފައިވާ ޚަރަދު
— NSPA (@NSPAmaldives) June 30, 2025
މޭ 2025 pic.twitter.com/TWkjD7qErV
އޭޑީކޭ ހޮސްޕިޓަލުން އެނދުމަތިކޮށްގެން ފަރުވާދިން މީހުންގެ ތެރެއިން އެންމެ ބޮޑު ޚަރަދެއް ހިނގާފައިވަނީ، ހިތުގެ ބަލިތަކުގެ މީހުންނަށެވެ. ހިތުގެ ބަލީގެ 14 މީހަކަށް 994،871 ރުފިޔާ އެންސްޕާއިން ހަމަޖައްސައިދީފައިވެއެވެ.
ހަމައެއާއެކު ޓްރީ ޓޮޕް ހޮސްޕިޓަލުން އެނދުމަތިކޮށްގެން ޚިދުމަތްދިން މީހުންގެ ތެރެއިން ކަށީގެ ބަލިތަކަށް ފަރުވާދިން 53 މީހަކަށް 1،221،484 ރުފިޔާ އެންސްޕާއިން ވަނީ ހަމަޖައްސައިދީފައެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން އެންސްޕާއިން މެއި މަހުގެ ނިޔަލަށް މުޅި ޖުމުލަ 121 މިލިއަން ރުފިޔާ ބޭސްފަރުވާގެ އެހީގެ ގޮތުގައި ހަމަޖައްސައިދީފައިވެއެވެ.
ކިޔުންތެރިންގެ ހިޔާލު