ސަރްދާރު 2 ގެ ޕޯސްޓަރު،
ސަރްދާރު 2 ގެ ޕޯސްޓަރު،
ގިނަ ބަޔަކު އިންތިޒާރު ކުރަމުންދާ ފިލްމު "ސަރްދާރު 2" ގެ ޝޫޓިންއަށް ފިލްމުގެ ލީޑް ތަރި މަލާވިކާ މޯހަނާން ބެންކޮކަށް ދާން އުޅޭ ކަމަށް މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.

އެގޮތުން އޭނާ މި ހަފްތާ ތެރޭގައި ބެންކޮކަށް ފުރާނެ ކަމަށް ރިޕޯޓުތަކުގައި ވެއެވެ. މި ދަތުރުގައި ފިލްމުގެ ވަރަށް މުހިންމު އެކްޝަން ސީކުއެންސްތަކަކާއި، ލަވައެއްވެސް ޝޫޓުކުރުމަށް ހަމަޖެހިފައިވާ ކަމަށް ރިޕޯޓުތަކުގައި ވެއެވެ.

މިދިޔަ އަހަރު ސެޕްޓެންބަރުގައި ދިން އިންޓަވިއުއެއްގައި މި ފިލްމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން މަލާވިކާ ބުނީ މިއީ އޭނާ އާންމުކޮށް ކުޅޭ ރޯލުތަކާ އަޅާކިޔާއިރު ތަފާތު ރޯލެއް ކަމަށެވެ. އަދި މި ރޯލަށް ތައްޔާރު ވުމަށްޓަކައި ވަރަށް ބޮޑަށް ތައްޔާރުވި ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

"ސަރްދާރު 2" އަކީ ސައުތު ސިނަމާގެ ލީޑިން ތަރިއަކާއެކު މަލާވިކާ ކުޅޭ ދެވަނަ ތަމަޅަ ފިލްމެވެ. މި ފިލްމުގެ އިތުރުން އޭނާގެ ކުރިއަށް ހުރި ބައެއް ޕްރޮޖެކްޓުތަކުގެ ތެރޭގައި "ދަ ރާޖާ ސާބް" "ހްރިޔާދަޕޫރްވަމް" ފަދަ ފިލްމުތައް ހިމެނެއެވެ.



ކިޔުންތެރިންގެ ހިޔާލު