ކުޅިވަރު އެސޯސިއޭޝަންތަކަށް ސްޕޯޓްސް މިނިސްޓްރީން ދީފައިވާ ފައިސާއިން، އެ ތަންތަނުން ހަރަދުކުރާގޮތް އެ މިނިސްޓްރީން ބަލަހައްޓަމުން ގޮސްފައި ނުވާކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފިއެވެ.
އޮޑިޓަރ ޖެނެރަލް ސޮއި ކުރައްވާ ނެރުއްވާފައިވާ ސްޕޯޓްސް މިނިސްޓްރީގެ 2018 އިން 2023 އަށް ތައްޔާރުކޮށްފައިވާ އޮޑިޓު ރިޕޯޓުގައި ބުނެފައިވަނީ، އެ މުއްދަތުގައި ޖުމުލަ 36 މިލިއަން ރުފިޔާ އެކި އެސޯސިއޭޝަންތަކަށް ދޫކޮށްފައިވާކަމަށެވެ.
ނަމަވެސް ދައުލަތުގެ ބަޖެޓުން ދިން އެ ފައިސާ އެސޯސިއޭޝަންތަކުން ހަރަދު ކޮށްފައިވާގޮތް މިނިސްޓްރީން ބަލަހައްޓަމުން ގެންގޮސްފައި ނުވާކަމަށް އޮޑިޓް ރިޕޯޓުގައި ވަނީ ބުނެފައެވެ.
އަދި މިނިސްޓްރީން ދޭ ފައިސާއިން އެސޯސިއޭޝަންތަކުން ހަރަދުކުރިގޮތް ހޯދުމަށް އެސޯސިއޭޝަންތަކަށް މިނިސްޓްރީން އަންގާފައިވާކަން ވެސް އެނގެން ނެތްކަމަށް ރިޕޯޓުގައި ވަނީ ބުނެފައެވެ.
އެހެންކަމުން މިނިސްޓްރީން އެގޮތަށް ދޫކުރާ ފައިސާއިން ހަރަދުކުރާ ގޮތުގެ ވަކިވަކި ތަފުސީލުތައް ތައްޔާރުކުރުމަށް އެސޯސިއޭޝަންތަކަށް އެންގުމަށް އޮޑިޓަރ ޖެނެރަލް ވަނީ ލަފާދެއްވާފައެވެ. އަދި އެހެން އަމަލު ނުކުރާނަމަ އެތަންތަނާ މެދު އަޅާނެ ފިޔަވަޅުތަކެއް އެކުލަވާލުމަށް ވެސް އޮޑިޓަރ ޖެނެރަލް ވަނީ މިނިސްޓްރީއަށް އަންގަވާފައެވެ.
އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ، އެހެން ދޫކުރާ ފައިސާގެ ހިސާބުތައް އެސޯސިއޭޝަންތަކުން ބަލަހައްޓަމުންދާގޮތް ވެސް ރަނގަޅު ނޫންކަމަށާއި، ބައެއް އެސޯސިއޭޝަންތަކުގައި ހަރަދުގެ ތަފުސީލު ހޯދަން ތަކުރާރުކޮށް އެދުމުން ވެސް އެ މައުލޫމާތު ފޯރުކޮށްދީފައި ނުވާކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު