ކާދެްދޫ އެއާޕޯޓުގައި ގިނަ އަދަދަކަށް ހުވަނި
ކާދެްދޫ އެއާޕޯޓުގައި ގިނަ އަދަދަކަށް ހުވަނި
ކާޑެއްދޫ އެއާޕޯޓަށް ކުރިމަތިވެފައިވާ ހުވަނީގެ މައްސަލަ ހައްލުކުރަން އެގްރިކަލްޗަރ މިނިސްޓްރީން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

މިނިސްޓްރީން ބުނީ ކާޑެއްދޫ އެއާޕޯޓުގައި ހުވަނީގެ މައްސަލަ ބޮޑުވެފައިވަނިކޮށް، އެކަން މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވަނީ ސޯޝަލްމީޑިއާގެ ޒަރީއާއިން ކަމަށެވެ.

އަދި މި މައްސަލަ ބޮއްސުންލައިގެން ދިޔައިރުވެސް، ހުވަނި ކޮންޓްރޯލުކުރުމަށް އެހީއަށް އެދި އެ އެއާޕޯޓުން ސިޓީއެއް ނުވަތަ މެއިލްއެއްވެސް ފޮނުވާފައި ނުވާ ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.

މިނިސްޓްރީން ބުނީ މިކަން މިނިސްޓްރީގެ ސަމާލުކަމަށް އައުމާއިއެކު ކަމާއިގުޅުންހުރި އިދާރާއިން އެ އެއާޕޯޓަށް ގުޅައި، އެތަނުގައި މީގެކުރިން ޢަމަލުކޮށްފައިވާގޮތް ބަލަައި، އިތުރަށް ކުރެވިދާނެ ކަންކަމާއިގުޅޭގޮތުގެ މައުލޫމާތު ދީފައިވާ ކަމަށެވެ.

ހަމައެހެންމެ ހުވަނި ކޮންޓްރޯލްކުރުމާއި ބެހޭ ފަންނީ މަޢުލޫމާތު ކަރުދާސް އެ އެއާޕޯޓަށް މެއިލްކޮށްފައިވާ ކަމަށް މިނިސްޓްރީން ވަނީ ހާމަ ކޮށްފައެވެ.

މީގެ އިތުރުން މިނިސްޓްރީން ބުނީ މީހުން ދިރިއުޅޭ ރަށްތަކުގައި ހުވަނި ކޮންޓްރޯލް ކުރުމަކީ ރަށުކައުންސިލްގެ ޒިންމާއެއް ކަމަށާއި އެހެންނަމަވެސް އެކަމަށް ބޭނުންވާ ފަންނީ އެހީތެރިކަން އެ މިނިސްޓްރީން ފޯރުކޮށްދޭނެ ކަމަށެވެ.

އަދި ސިނާއި މަސައްކަތްކުރާ ރަށްތަކުގައިވެސް ހުވަނި ކޮންޓްރޯލްކުރުމަށް އެ ރަށެއް މެނޭޖްކުރާ ފަރާތްތަކުން ދުރާލާ ތައްޔާރުވުން މުހިންމު ކަމަށާއި އެ ފަރާތްތަކަށްވެސް ބޭނުންވާ ފަންނީ އެހީތެރިކަން އެ މިނިސްޓްރީން ފޯރުކޮށްދޭނެ ކަމަށް ބުނެފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން