ފަޅުރަށުން ހައްޔަރުކުރި މީހުން
ފަޅުރަށުން ހައްޔަރުކުރި މީހުން
ބ. އަތޮޅު ފަޅުރަށެއް ކަމަށްވާ ބ. މާރިކިލުން މަސްތުވާތަކެއްޗާ އެކު 9 މީހުން ހައްޔަރުކޮށްފި އެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ބުނީ މާރިކިލު ބަލައި ފާސްކުރީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ. އެގޮތުން އެރަށް ބަލައި ފާސްކުރިއިރު 162 ދަޅު ބަނގުރަލާއި ފަސް ފުޅި ބަނގުރަލާއި 12.8 ގްރާމްގެ މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.

މި މައްސަލާގައި ހައްޔަރު ކޮށްފައިވާ 3 ދިވެހިންނަކީ މ. ޖަވާހިރުވާދީ، މާލެ، އަލްހާން ރަޝީދު ހުސައިނާއި ޏ. ފުވައްމުލައް / ދިގުވާނޑު، ހޮލެންޑް، މަރްޔަމް ރިފާއު އާއި ރ. އިނގުރައިދޫ / ވަފާ، އަބްދުލް މުހްސިން ހަސަނެވެ.

އޭގެ އިތުރުން ދެން ހައްޔަރުކޮށްފައިވަނީ އިންޑިއާގެ ކުމަރެސަން ޗިންނައިއަ އާއި ދިނޭޝް ސައްމިޔައްޕަންގެ އިތުރުން ސްރީލަންކާގެ އެލަވެންޑަން ސިވަގުނަނަ ސަންޑަރަމް އާއި ކަނަގަރާޖު ޕޮންނައްޔަ ސުޕައްޔަ އާއި ސަބެޝަން ނަހާރަޖަ އެވެ. ހަމައެއާއެކު ބަންގްލަދޭޝްގެ މުޙައްމަދު މައްސޫދު ވެސް ވަނީ ހައްޔަރު ކޮށްފައެވެ.

ފުލުހުން ބުނީ ހައްޔަރުކުރި 9 މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އަބްދުލް މުހްސިން ޝަރުތުކުރުމަށްފަހު ކޯޓުން ދޫކޮށްލާފައިވާ ކަމަށާއި ދެން ތިބި 8 މީހުން ވެސް 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން