އަހުމަދު ޔާމިން   21 އޯގަސްޓު 2020 - 17:30
ކްލައުޑް ބްރެޑް
ކްލައުޑް ބްރެޑް
ޓިކްޓޮކް ގައި މި ދުވަސްކޮޅު އެންމެ ބޮޑަށް ވައިގައި ހިފާފައިވާ "ކްލައުޑް ބްރެޑް" ގެ ރެސިޕީ ނުލިބިގެން އުޅުނު ކުދިންގެ އިންތިޒާރަށް މިއޮތީ ނިމުން އައިސްފައެވެ.

މީގެ ކުރިން ޑަލްގޯނާ ވިޕްޑް ކޮފީ އާއި، ކްރީމް ބްރޫލީ އަށް ލިބުނު މަޤްބޫލުކަން މިހާރު ހޯދާފައިވާ "ކްލައުޑް ބްރެޑް" ވަނީ މުޅި ޓިކްޓޮކް ފަތަޙަކޮށްފައެވެ. މިއީ ހަމައެކަނި ބިހުގެ ހުދުބަޔާއި، ކޯންސްޓާރޗް އަދި ހަކުރު ބޭނުން ކޮށްގެން ތައްޔާރުކުރާ މަޑު ކަފަކޮޅެއްފަދަ ޕާނެކެވެ.

މިޕާން ތައްޔާރުކުރަން ބިހުގެ ހުދުބައި ގޮބޮޅިއާއި ވަކިކޮށްފައި ބިހުގެ ހުދުބައި ކޭކް މިކްސަރ އިން ފޮނު އަރަންދެން މިކްސް ކޮށްލުމަށްފަހު 1 މޭޒުމަތީ ސަމްސާ ހަކުރު އަދި 2 މޭޒުމަތީ ސަމްސާ ކޯންސްޓަރޗް އަޅާ އެއްކޮށްލަ އެވެ. މިތަކެތި އެއްކޮށްލުމަށްފަހު ކޭކްމިކްސަރ އިން ފުއްގަނޑު މިކްސް ކޮށްލުމަށްފަހު 250 ޑިގްރީ އަށް އަވަން ހޫނު ކުރުމަށްފަހު 25 ވަންދެން ފިހެލާށެވެ.

ބައެއް މީހުން މިޕާން ފިހާއިރު އިތުރަށް ފުރިހަމަ ކޮށްލުމަށް ކާކުލަ، ނަޓް ނުވަތަ ތަފާތު އެސެންސް ވެސް ބޭނުންކުރެއެވެ. ކްލައުޑް ބްރެޑް ތައްޔާރުކުރާގޮތް އިތުރަށް އޮޅުން ފިލުވުމަށް ޓިކްޓޮކްގައި #cloudbread ސާރޗް ކޮށްލުމުން އިތުރު ޚިޔާލުތައް ލިބިގެން ދާނެއެވެ.

ކޯވިޑް-19 އާއެކު ގޭ ބަންދު ޗެެލެންޖްތަަކުގެ ރަހަ ހެޔޮވަރު ކޮށްލި އެކައްޗަަށް ޑަލްގޯނާ ކޮފީތަށި ވެގެން ގޮސްފައި ވާއިރު ރާއްޖޭގެ ކާމޭޒުތަކުގެ ސުފުރާއިން ކުރިއަށް އޮތްތަނުގައި "ކްލައުޑް ބްރެޑް" ޖާގަ ހޯދާނެކަމަށް ބެލެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން