މަރްޔަމް ނަހްދާ ވަޙީދު   14 ސެޕްޓެމްބަރު 2024 - 1:4
ތުނބުޅި ހިރުވުމަކީ ގިނަ ފިރިހެންވެރިންނަށް ދިމާވާ ކަމެއް- ގޫގުލް އިމޭޖެސް
ތުނބުޅި ހިރުވުމަކީ ގިނަ ފިރިހެންވެރިންނަށް ދިމާވާ ކަމެއް- ގޫގުލް އިމޭޖެސް
ވަރަށް ގިނަ ފިރިހެންވެރިންގެ އެންމެ ބޮޑު އެއް ޝަކުވާ އަކަށް ވެފައިވަނީ އެމީހުންގެ ތުނބުޅި ހިރުވާ މައްސަލައެވެ. މިކަމަކީ ތަފާތު އެކި ސަބަބުތަކާހުރެ ދިމާވާ ކަމަކަށްވާއިރު އޭގެ ތެރޭގައި ތުނބުޅި މާ ބޮޑަށް ދިގުވުމާއި، މީހާގެ ހަންގަނޑު މާ ބޮޑަށް ހިކުން ފަދަ ކަންކަން ހިމެނެއެވެ.

ތުނބުޅި ހިރުވުމުގެ ސަބަބުން މީހާއަށް ތަފާތު އެކިކަހަލަ އުނދަގޫތަކެއް ވާއިރު، މިކަމުގެ ސަބަބުން ދުވަހުގެ މަސައްކަތްތަކައިގެން ކުރިއަށް ދިއުމަށް އުނދަގޫވާ ފަހަރުވެސް އާދެއެވެ. އެހެންކަމުން މިފަހަރު މި ހިމަނާލަނީ ތުނބުޅި ހިރުވާތީ އުނދަގޫވާނަމަ އެކަމުން އަރައިގަތުމަށްޓަޖައި ކުރެވިދާނެ ބައެއް ކަންކަމެވެ.

ތުނބުޅީގެ ސާފުތާހިރުކަމަށް ސަމާލުކަން ދިނުން

ތުނބުޅި ހިރުވާނަމަ އެއީ ސާފުތާހިރު ނުވުމުން ދިމާވާ ކަމަކަށްވެސް ވެދާނެއެވެ. އެހެންކަމުން ތުނބުޅީގެ ސާފުތާހިރުކަމަށް ސަމާލުކަން ދީ ނަޖިހާއި، ތެލާއި އަދި ޖަރާސީމުތަކުން މޫނާއި ތުނބުޅި ރައްކާތެރިކުރަން ޖެހެއެވެ. މިކަން ކުރުމަށްޓަކައި ކޮންމެ ދުވަހަކު ފެންވެރުމާއި، ފެން ނުވެރި ނަމަވެސް މޫނާއި ތުނބުޅި ރަނގަޅަށް ދޮވެ ސާފު ކުރަން ޖެހެއެވެ. އަދި ތުނބުޅީގެ އިސްތަށިތައް ކޮންޑިޝަން ކުރުމަށްޓަކައި ތުނބުޅިއަށް ހާއްސަ ތެޔޮ ބޭނުން ކުރުމަކީވެސް ވަރަށް މުހިންމު ކަމެކެވެ.

ތުނބުޅި ބާލާ ގޮތަށް ބަދަލު ގެނައުން



ބައެއް ހާލަތްތަކުގައި ތުނބުޅި ހިރުވަނީ ރަނގަޅަށް ތުނބުޅި ބާލަން ނޭނގޭތީ ކަމަށްވެސް ވެދާނެއެވެ. އެހެންކަމުން މާބޮޑަށް ތުނބުޅި ހިރުވާނަމަ ތުނބުޅި ބާލާ ގޮތަށް ބަދަލު ގެންނަން ޖެހެއެވެ. އެގޮތުން ތުނބުޅި ބޭލުމުގެ ކުރިން މޫނު ދޮވެ، ހަންގަނޑާއި އިސްތަށި ރަނގަޅަށް މަޑު ކޮށްލަން ޖެހެއެވެ. އަދި ތުނބުޅި ބާލާއިރު އެކަމަށް ޚާއްޞަކޮށްފައި ހުންނަ ކްރީމުތައް ބޭނުންކޮށް މޫނުގައި އިސްތަށި ފަޅާ ގޮތަށް ސަމާލުކަން ދީގެން ތުނބުޅި ބާލަން ޖެހެއެވެ. އަދި ކޮންމެ ފަހަރަކު ރޭޒަރު ބޭނުން ކުރުމަށްފަހު ފެންފޮދަކުން ދޮވެލުމަކީވެސް ވަރަށް މުހިންމު ކަމެކެވެ.

ޑޮކްޓަރެއްގެ ލަފާ ހޯދުން

ބައެއް ހާލަތްތަކުގައި ތުނބުޅި ހިރުވަނީ ހަންގަނޑަށް ދިމާވާ މައްސަލައެއްގެ ސަބަބުން ކަމަށްވެސް ވެދާނެއެވެ. އެގޮތުން ބަލާއިރު ހަންގަނޑު މާ ބޮޑަށް ހިކުމާއި، އެކިކަހަލަ އިންފެކްޝަންތައް ޖެހުމާއި، ޑާމެޓައިޓިސް ފަދަ ސިއްހީ މައްސަލަތައް ޖެހުމުންވެސް ތުނބުޅި ހިރުވަފާނެއެވެ. އެހެންކަމުން ތުނބުޅި ހިރުވާނަމަ ޑޮކްޓަރެއްގެ ލަފާ ހޯދައި، އޭގެ ފަހަތުގައިވާ ކަމެއް ދެނެގަނެ ވީހާވެސް އަވަހަކަށް އެ މައްސަލަ ހައްލު ކުރެވޭތޯ ބަލަން ޖެހެއެވެ.

މަސްދަރު: ހެލްތުލައިން.ކޮމް


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން