މަސައްކަތްތެރިންގެ ކަންކަމުގައި ސަރުކާރަށް ލަދާދޭ ބޯޑު ނުވަތަ ތިޕާޓައިޓް ލޭބަރ އެޑްވައިޒަރީ ބޯޑު (ތިންފަރާތުގެ މަސައްކަތްތެރިންގެ ލަފާދޭ ބޯޑު) ގެ ފުރަތަމަ ބައްދަލުވުން ބާއްވައިފިއެވެ.

ތިންފަރާތުގެ މަސައްކަތްތެރިންގެ ލަފާދޭ ބޯޑަކީ މަސައްކަތްތެރިންނާ ގުޅޭ ކަންކަމުގައި ސަރުކާރަށް ލަފާދިނުމަށް އެކުލަވާލާފައިވާ ބޯޑެކެވެ.

މި ބޯޑުގައި ހިމެނިވަޑައިގަންނަވަނީ އިންޑަސްޓްރިއަލް ރިލޭޝަންސް އެކްޓް (1/2024) ގެ 88 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު މުޢިއްޒު ޢައްޔަންކުރެއްވެވި ސަރުކާރުގެ އިދާރާތަކާއި، ވަޒީފާދޭ ފަރާތާއި، މަސައްކަތްތެރިންގެ މަންދޫބުންނެވެ.

މި ބޯޑުގެ ފުރަތަމަ ބައްދަލުވުމުގައި ބޯޑުގެ މެންބަރުން ތަޢާރަފް ވެވަޑައިގެން، އިންޑަސްޓްރިއަލް ރިލޭޝަންއާ ގުޅޭ ޤާނޫނުގެ ހުލާސާ ވަނީ ހުށައަޅާފައެވެ. އަދި ބޯޑުގެ ހިންގާ ގަވައިދަށް މަޝްވަރާކުރުމާއި، ޔޫނިއަން ރަޖިސްޓަރީކޮށް ހިންގުމާއި ގުޅޭ އުސޫލުތައް ކަނޑައެޅުމުގެ ގަވާއިދާ ގުޅޭގޮތުން ވަނީ މަޝްވަރާ ކުރާކޮށްފައެވެ. އޭގެ އިތުރުން ބޯޑުގެ މެންބަރުން ހުށައެޅުއްވި އެހެނިހެން ކަންކަމާއި މެދު މަޝްވަރާ ކުރުންވެސް މި ބައްދަލުވުމުގައި ވަނީ ކުރިޔަށް ގެންގޮސްފައެވެ.



މި ތިން ފަރާތުގެ މަޞްލަޙަތުތައް ހިމާޔަތްކުރެވޭ ގޮތަށް މަސައްކަތްތެރިންނާ ގުޅޭ ސިޔާސަތުތަކާއި ޤާނޫނުތައް އެކުލަވާލުމުގައި މި ބޯޑުގައި މަޝްވަރާކުރާނެއެވެ.



ކިޔުންތެރިންގެ ހިޔާލު