ކަރަންޓުގެ އަގު ހެޔޮކުރެވޭނީ ރެނިއުބަލް އެނާޖީއަށް ގޮސްގެން ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެެ.
ސްޓެލްކޯއިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ 33 ޕަސެންޓް ރެނިއުބަލް އެނާޖީއަށް ދިޔުން ކަމަށެެވެ. އެގޮތުން 50އާއި 60 އާއި ދެމެދުގެ މެގަވޯޓްގެ ސޯލާ ޕްރޮޖެކްޓެެެއް ހިންގުމަކީ ސަރުކާރުގެ ސިޔާސަތެެއް ކަމަށް ފަހުމީ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ރެނިއުބަލް އެނާޖީ އަށް ނުގޮސް ކަރަންޓުގެ ޓެރިފް ކުޑަކޮށްފިނަމަ އެ ފައިސާ ދައްކަންޖެހޭނީ ރައްޔިތުންގެ ފައިސާ އިން ކަމަށެވެ. އަދި އެހާލަތުގައި ސަރުކާރުން ސްޓެލްކޯ އަށް ސަބްސިޑީ ދޭންޖެހޭނެ ކަމަށް ފަހުމީ ވިދާޅުވިއެވެ.
"ރައްޔިތުން އެފަައިސާ ދައްކަންޖެހޭނީ މި ކުންފުންޏަށް، ކޮންމެެވެސް ގޮތަކުން ޓެކްސް ބޮޑުކުރަންޖެހޭނެ ރައްޔިތުންގެ ފައިސާ ނޫންތޯ ދައުލަތަކީ. ހަމައެކަނި ފައިސާ ޗާޕްކޮށްގެން ހިނގާ ނިޒާމެއް ނޫން، އެހެންވީމާ ޓެކްސް ނަގައިގެން ހިންގާ ދައުލަތެއްވީމަ އަޅުގަނޑުމެން ޓެރިފް ކުޑަކޮށްފިއްޔާ ސަބްސިޑައިޒް ވެސް ކުރަންޖެހޭނެ ސިސްޓަމްގެ ތެރެއިން، ސަރުކާރުގެ ސިޔާސަތު ކަންނޭގޭ މީގައި މުހިންމީ. ރެނިއުބަލް އެނާޖީ އަށް ގޮސްގެން ކަރަންޓުގެ އަގު ހެޔޮކުރެވޭނެ ކަމަށް އަޅުގަނޑު ވެސް ގަބޫލުކުރަން." ފަހުމީ ވިދާޅުވިއެެވެ.

ކިޔުންތެރިންގެ ހިޔާލު