މިދިޔަ އަހަރު ހަތަރު ލައްކައެއްހާ ދިވެހި ފައިސާގެ ނޫޓު ނައްތާލިކަމަށް ރާާއްޖޭގެ މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ބުނެފި އެވެ.

އެމްއެމްއޭއިން ބުނީ މިދިޔަ އަހަރު ނައްތާލި ނޫޓުތަކުގެ އަގު 22 މިލިއަން ރުފިޔާއަށް އަރާ ކަމަށެވެ.

އެގޮތުން ޖުމްލަ 391957 ނޫޓު ނައްތާލާފައިވާކަމަށް އެމްއެމްއޭއިން ބުނެއެވެ.

ނައްތާލި ނޫޓުތަކުގެ 40 ޕަސެންޓް ހިއްސާކުރަނީ 20 ރުފިޔާ އެވެ. އަދި ދެން އެންމެ ގިނައިން ނައްތާލައިފައިވަނީ 50 އަދި 100 ރުފިޔާގެ ނޫޓެވެ.

ހަލާކުވުން ފަދަ ކަންކަން ދިމާވެގެން އެމްއެމްއޭއިން ނޫޓުތައް ބަދަލުކޮށްދެ އެވެ. އަދި އެމްއެމްއޭއަށް ނަގާ ނޫޓޫތައް ނައްތާލަ އެވެ.

ރާއްޖޭގައި މިހާރު ބޭނުންކުރާ ނޫޓުތަކަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2016 ވަނަ އަހަރު ނެރުނު ނޫޓުތަކެކެވެ.



ކިޔުންތެރިންގެ ހިޔާލު