އެކުވެނި ދަނޑު ކްރިކެޓް ސްޓޭޑިއަމެއްގެ ގޮތުގައި ތަރައްގީކުރަން ނިންމާފައިވާ ކަމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެ އެވެ.
މިހާރު ރާއްޖޭގައި ކްރިކެޓަށް ހާއްސަ ދަނޑެއް ނެތުމާއެކު މާލޭގައި ކްރިކެޓް ކުޅެ އަދި ކްރިކެޓް މުބާރާރްތައް ބާއްވަމުން ގެންދަނީ ކުޅިވަރު އެކުވެނީގެ ޓްރެކް ދަނޑުގަ އެވެ.
މިނިސްޓަރު ރާފިއު ވިދާޅުވީ ކްރިކެޓް ކުޅުމަށް ހާއްސަ ދަނޑެއް ނެތުމަކީ ރާއްޖޭގައި ކްރިކެޓް ކުރިއެރުވުމަށް އޮތް އެންމެ ބޮޑު ގޮންޖެހުން ކަމަށެވެ.
އަދި ހަމަ އެހެންމެ ގިނަ ކްރިކެޓް ޓީމްތަކަށް ޕްރެކްޓިސް ކުރެވޭނެ އެކަށީގެންވާ ވަސީލަތްތަކެއް ވެސް ނެތް ކަމަށާއި އެހެންވެ އެންމެން ގުޅިގެން އެކަމަށް ހައްލު ހޯދަން ޖެހޭކަމަށް އޭނާ ވިދާޅުވި އެވެ.
މިނިސްޓަރ ރާފިއު ވިދާޅުވީ ކްރިކެޓަށް ދިމާވެފައިވާ ދަތިތަކުގެ ވާހަކަތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށްވެސް ގެންދެވިފައިވާކަމަށާއި، އެ ކަންކަމަށް ހައްލެއް ހޯއްދަވައިދެއްވާނެކަމުގެ އުފާވެރި ހަބަރު ރައީސް ދެއްވާފައިވާކަމަށެވެ.
"ރައީސުލްޖުމްހޫރިއްޔާ ދެއްވި އުފާވެރި ހަބަރަކީ މިވަގުތު ކްރިކެޓް ކުޅޭ ދަނޑު، ކްރިކެޓް ދަނޑެއްގެ ސައިޒަށް ފައްތައިގެން، ކްރިކެޓް ކުޅޭނެ ގޮތަށް އިންތިޒާމް ހަމަޖައްސައި މިތަނުގައި (ޓްރެކް ދަނޑުގައި) ސްޓޭޑިއަމެއްގެ ސިފައިގައި ހަދަން ހުއްދަ ދެއްވާނެ ވާހަކަ." މިނިސްޓަރ ވިދާޅުވި އެވެ.
މިނިސްޓަރ ވިދާޅުވީ ސްޓޭޑިއަމްގެ ކަންކަން އަންނަ އަހަރުގެ ތެރޭގައި ފެށުމަށް މަސައްކަތް ކުރައްވާނެކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު