ރައްޔިތުންގެ މަޖިލީސް
ރައްޔިތުންގެ މަޖިލީސް
މި ސަރުކާރުން ކަނޑައެޅި 8 ސަފީރަކަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ.

މި ބޭފުޅުންގެ ނަންތައް ދިރާސާކުރި މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން ވަނީ މިބޭފުޅުންނަށް ރުހުން ދިނުމަށް ފާސްކޮށްފަ އެވެ.

މަޖިލީހުން މިއަދު ސަފީރު ކަމަށް ޢައްޔަނު ކުރުމަށް ރުހުން ދިން ފަރާތްތަކަކީ، ރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅާ ސަފީރު މއ. ތުޅާގިރި މަސްއޫދު އިމާދު އާއި، މެލޭޝިއާއަށް ކަނޑައަޅާ ސަފީރު މ. ރުށްފުށި ޑރ. މަރިޔަމް ޝަބީނާ އަހުމަދާއި، އެކުވެރި އަރަބި އިމާރާތަށް ކަނޑައަޅާ ސަފީރު މުޙައްމަދު ހުސައިން ޝަރީފާއި، އިނގިރޭސިވިލާތަށް ކަނޑައަޅާ ސަފީރު ޑރ. އިރުތިޝާމް އާދަމް އަށާއި، ސިންގަޕޫރަށް ކަނޑައަޅާ ސަފީރު މުޙައްމަދު ލުވައިޒް އަށެވެ.

އޭގެ އިތުރުން އދ. އަށް ކަނޑައަޅާ ދާއިމީ މަންދޫބު ޑރ. އަލީ ނަސީރު މުޙައްމަދަށާއި، ޖެނީވާގައި ހުންނަ އދ.ގެ އޮފީސްތަކަށް ކަނޑައަޅާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދަށާއި، ބެލްޖިއަމް އަދި ވިލާތުގެ އިއްތިހާދަށް ކަނޑައަޅާ ސަފީރު މ. ގީލާވިލާ، ގީލާ އަލީ އަށްވެސް މަޖިލީހުން މިއަދު ވަނީ ރުހުން ދީފައެވެ.

މަޖިލީހުން ސަފީރުންނަށް ރުހުން ދީފައި މިވަނީ ސަފީރުންނަށް ރުހުން ނުދީ ގިނަދުވަސްތަކެއް ވެފައިވާތީ އެކަމުގެ ކަންބޮޑުވުން ރައީސް ޑރ. މުޢިއްޒު ފާޅުކުރަށްވަމުން ގެންދަވާތާ ދުވަސް ތަކެއް ފަހުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން