ފާތިމަތު ހަބީބާ
ފާތިމަތު ހަބީބާ
ސިވިލް ސާވިސް ކޮމިޝަންގެ މެންބަރު ކަމަށް ފާތިމަތު ހަބީބާ އައްޔަންކުރުމަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

ސީއެސްސީގެ މެމްބަރުކަމަށް އައްޔަންކުރުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މަޖިލީހުގެ ތަޅުމަށް ފޮނުވި ދެ ނަމުގެ ތެރެއިން ފާތިމަތު ހަބީބާއަށް ރުހުން އޮތް ކަމަށް 38 މެންބަރުން ވޯޓު ދެއްވާފައިވެއެވެ.

ކޮމިޓީން ތަޅުމަށް ފޮނުވި އަބްދުލްހަސީބު އިސްމާއީލަށް ރުހުން ދޭން ވޯޓުދިނީ 18 މެމްބަރުންނެވެ. ރުހުން ނުދޭން 19 މެމްބަރުން ވޯޓު ދީފައިވެއެވެ.

ފާތިމަތު ހަބީބާ އަކީ ޔުނިވަސިޓީ ޓެކްނޮލޮޖީ މެލޭޝިއާ އިން މާސްޓާސް އޮފް ސައިންސް (ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް) ހާސިލްކުރައްވާފައިވާ ފަރާތެކެވެ.

ސީއެސްސީގެ މެމްބަރެއްގެ މަގާމު ހުސްވީ އެ ކޮމިޝަންގެ މެމްބަރެއްގެ ގޮތުގައި ހުންނެވި ފާތިމަތު އާމިރާގެ ދައުރު ހަމަވުމުންނެވެ.

ސިވިލް ސާވިސް ކޮމިޝަންގައި މިހާރު ތިއްބެވި ހަތަރު މެމްބަރުންނަކީ ކޮމިޝަންގެ ރައީސް މުހައްމަދު ނާސިހް އާއި، ނައިބް ރައީސް އިބްރާހިމް ރަޝީދާއި، މެންބަރު މުހައްމަދު ފަރުސަތުގެ އިތުރުން މެންބަރު ފާތިމަތު ޝަރީފް އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން