ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު (މ)
ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު (މ)
ރާއްޖޭގައި ޢަމަލު ކުރަމުންދާ ބިމުގެ ގާނޫނަށް 22 އަހަރުވެއްޖެ ކަމަށާއި، ސަރުކާރުން އެބިލަށް ހުށައަޅާފައިވަނީ މުހިންމު އިސްލާޙެއް ކަމަށް ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ފަރާތުން މަޖިލީހުގެ މައިނޯރިޓީ ލީޑަރު ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނަށް ހުށައެޅުއްވި އިސްލާޙުގެ ބަހުސްގައި އިދިކޮޅު އެމްޑީޕީގެ މެންބަރުން ފާޅު ކުރެއްވި ކަންބޮޑުވުންތަކާ ގުޅިގެން ސިރާޖު މިއަދު ވިދާޅުވީ ބިމާބެހޭ ޤާނޫނަށް މުހިންމު އިސްލާޙުތަކެއް ގެންނަން ޖެހިފައިވާ ކަމަށެވެ.

އަދި ސަރުކާރުން ހުށައަޅާފައިވާ އިސްލާޙުތަކާމެދު ހިތްހަމަ ނުޖެހޭނަމަ ކޮމެޓީ މަރުޙަލާގައި އެކަންކަން އިސްލާޙު ކުރުމުގެ ފުރުސަތު މެންބަރުންނަށް އޮންނާނެ ކަމަށް ސިރާޖު ވިދާޅުވިއެވެ.

ސިރާޖު މިއަދު ވިދާޅުވީ، މިހާރު އޮތް ބިމާބެހޭ ޤާނޫނު މިޒަމާނަށް ނުފެތޭ ކަމަށެވެ. އެގޮތުން މިހާތަނަށް ރާއްޖޭގެ ރިއަލް ސްޓޭޓް ގާނޫނަކާއި، ޝޯޝަލް ހައުސިން ގާނޫނެއް ވުޖޫދުވެފައި ނެތުމަކީ އެކަންބޮޑުވުންތައް އިތުރުވާ ކަމެއްކަމަށް ސިރާޖު ވިދާޅުވިއެވެ.

"ކޮމެޓީ މަރުހަލާގައި އެކަންކަމަށް ރިޔާއަތްކޮށް ބިލަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސް ނިންމާލެވޭނެކަމަށް އަޅުގަނޑަށް ގަބޫލުކުރެވޭ." ސިރާޖު ވިދާޅުވިއެވެ.

މި ބިލުގެ ބަހުސް މަރުހަލާ މިއަދު ނިންމާލާފައިވާއިރު ބިލު ބަލައިގަތުމަށް މިއަދުގެ ވޯޓްގެ ގަޑީގައި ވޯޓަށް އެހުމަށްވަނީ ހަމަޖެހިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން