ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް
ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް
ބިމާބެހޭ ޤާނޫނަށް ސަރުކާރުން މިހާރު ހުށައަޅާފައިވާ އިސްލާހުގެ ސަބަބުން ކައުންސިލްތަކުގެ ބާރުތައް ވަރަށް ބޮޑަށް ހަނިވެގެންދާނެ ކަމަށް ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް، ސައްލެ ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ފަރާތުން މަޖިލީހުގެ މައިނޯރިޓީ ލީޑަރު ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ހުށައެޅުއްވި ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނަށް އިސްލާޙު ގެނައުމުގެ ބިލުގެ ބަހުސްގައި ސަލީމް މިއަދު ވިދާޅުވީ، އެބިލަކީ ޑިމޮކްރަސީއާ ބީރައްޓެހި އަދި ރައްޔިތުންގެ ބާރު ކެނޑޭގޮތަށް ފަރުމާކޮށްފައިވާ ބިލެއްކަމަށެވެ.

ސަލީމް މިއަދު ވިދާޅުވީ ފެހި ގާނޫނުއަސާސީގެ ދަށުން އެކި ކަންކަމަށް ބިން ކަނޑައަޅާ ދޫކުރުމުގެ ބާރު ޤާނޫނެއްގެ ދަށުން ދީފައިވަނީ ކައުންސިލަތަކަށް ކަމަށެވެ. ނަމަވެސް ސަރުކާރުން މިހާރު ހުށައަޅާފައިވާ ބިލުގައި ކައުންސިލްތަކަށް ލިބިދީފައިވާ ބާރުތައް މިނިސްޓަރެއްގެ އަތްޕުޅަށް ފުރޮޅޭ ގޮތަށް އޮތުމަކީ ކަންބޮޑުވުމެއް ކަމަށް ސަލީމް ވިދާޅުވިއެވެ.

އެގޮތުން ބިމުގެ ރަޖިސްޓްރީ ދޫކުރަނީ މާލޭގައި ހުންނަ ރަޖިސްޓްރާއެއް ކަމަށް ބުނުމުން ރަށުން ބިން ދޫކުރުމަށް ކައުންސިލްތަކަށް ލިބޭ ބާރުވެސް ގެއްލިގެންދަނީ ކަމަށް ސައްލެ ވިދާޅުވިއެވެ.

"މިހާރު އަޅުގަނޑުމެންގެ ކުރިމަތީގައި މި އޮތް ބިލް ގާނޫނަކަށް ވުމުން މިބާރުތައް ކައުންސިލުން އެބަ ނިގުޅައިގަނޭ." ސަލީމް ވިދާޅުވިއެވެ.

ސަރުކާރުގެ ފަރާތުން ބިމާ ބެހޭ ޤާނޫނަށް ހުށައަޅާފައިވާ އިސްލާހަށް އެމްޑީޕީގެ ގިނަ މެންބަރުން މިއަދު ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން